23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

ޝީގެ އެފްރިކާ ދަތުރުފުޅު

ޗައިނާގެ ރައީސް ޝީ ސެނެގާލްއަށް ވަޑައިގެންފި

  • މި ދަތުރުފުޅުގައި ބްރިކްސް ސަމިޓްގަައި ބައިވެރިވެ ވަޑައިގަންނަވާނެ
  • އެފްރިކާއަކީ ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ
  • ޝީގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މޮރިޝަސް
އަބުދުﷲ މުހައްމަދު | 8Abbo

| 22 ޖުލައި 2018 | އާދީއްތަ 08:14 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ރައީސް ޝީއަށް މަރުހަބާ ވިދާޅުވީ ސެނެގާލްގެ ރައީސް މެކީ ސަލް -- އޭޕީ

އެފްރިކާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ސެނެގާލަށް ވަޑައިގެންފިއެވެ.

ސެނެގާލަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ އިތުރުން ރުވާންޑާއާއި، ދެކުނު އެފްރިކާ އަދި މޮރިޝަސްއަށް ވަޑައިގަންނަވާނެއެވެ.

ސެނެގާލްގެ ވެރިރަށް ޑަކާރ އިން ރައީސް ޝީއަށް ހޮނިހިރު ދުވަހު މަރުހަބާ ވިދާޅުވީ އެގައުމުގެ ރައީސް މެކީ ސަލްއެވެ.

މިއީ މި ދެ ލީޑަރުންގެ ތިންވަނަ ބައްދަލުވުން ކަމަށްވާއިރު ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން ސެނެގާލްގައި މަގުބޫލް ކުޅިވަރެއްކަމަށްވާ ރެސްލިންއަށް ޚާއްސަ ކޮށްގެން ހަދާފައިވާ އެރީނާ، ރައީސް ސަލް އާއި ޝީ ރަސްމީކޮށް ހަވާލުކުރެއްވާނެ ކަމަށްވެސް ބެލެވެއެވެ.

ފްރާންސްއަށްފަހު ޗައިނާއަކީ މިހާރުވެސް ސެނެގާލްގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ.

ޗައިނާއިން ސެނެގާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ޝުން އާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުގައި މާޗް މަހު ބުނެފައި ވާގޮތުގައި 2017 ވަނަ އަހަރުވެސް ޗައިނާއިން ސެނަގާލްގައި 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ.

އެފްރިކާއަކީ ޗައިނާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ޝީގެ މި ދަތުރުފުޅަކީ ޗައިނާގެ ރިޔާސަތުގެ ދައުރު ކަނޑައެޅިފައި އޮތް އޮތުން އުވާލެއްވުމަށްފަހު ދެ ވަނަ ދައުރު ފެއްޓެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރުވާންޑާއަށް ރައީސް ޝީ ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރުވާންޑާއަށްފަހު ޝީ ވަޑައިގަންނަ ވާނީ ދެކުނު އެފްރިކާއަށެވެ. ބްރެޒިލް، ރަޝިއާ، އިންޑިއާ ،ޗައިނާ، އަދި ސައުތު އެފްރިކާ ހިމެނޭ ގޮތުން އުފައްދާފައިވާ ބްރިކްސްގެ ބައްދަލުވުމުގައި ޝީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެފްރިކާގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މޮރިޝަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް