19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރީމެކްސް ޝޯރޫމް ހުޅުވުން

ރީމެކްސްގެ އާ ޝޯރޫމެއް ހުޅުވައިފި

  • ޝޯރޫމް ހުންނާނީ ނިކަގަސް މަގުގައި
  • ޝޯރޫމުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ
ސިމާހާ ނަސީމް | sim_kamana

| 21 ޖުލައި 2018 | ހޮނިހިރު 20:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ރީމެކްސް ޝޯރޫމްގެ ވެރި ފަރާތް މުހައްމަދު ޝަމީޒު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ -- ރާއްޖެއެމްވީ

ރީމެކްސްގެ އާ ޝޯރޫމެއް ޖުލައި 9 ވަނަ ދުވަހު މާލޭގެ ނިކަގަސް މަގުގައި ހުޅުވައިފިއެވެ.

ރީމެކްސްއަކީ ދުނިޔޭގެ ފެންވަރުގައި އިލެކްޓްރޯނިކްސް ސާމާނު އުފައްދާ މަޝްހޫރު ކުންފުންޏެކެވެ.

ރީމެކްސް ޝޯރޫމްގެ ވެރިފަރާތް މުހައްމަދު ޝަމީޒު ވިދާޅުވީ އައިބޭ މެދުވެރިކޮށް ދެ އަހަރު ދުވަސްވަންދެން ރީމެކްސް ބްރޭންޑްގެ ސާމާނު ވިއްކުމަށް ފަހު ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުމުން، ސީދާ ރީމެކްސް ކުންފުނި މެދުވެރިކޮށް ޕްރޮޑަކްޓްތައް ގެންނަން ނިންމި ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ މަސައްކަތުން ރީމެކްސް ކުންފުންޏާ ވާހަކަ ދައްކައިގެން ޝޯރޫމް ރާއްޖޭގައި ހުޅުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރީމެކްސް ޝޯރޫމުން ލިބެން ހުރި ބައެއް ސާމާނުތަކަށް ބަލާއިރު ފޯނު ކަވަރާއި ޔޫއެސްބީ ކޭބަލްއާ ހެޑްސެޓްގެ އިތުރުން ކޮމްޕިއުޓަރ ސިސްޓަމާއި ޕޯޓަބަލް މިކްސަރ ހިމެނެއެވެ. އެ ޝޯރޫމުން ވިއްކަން ހުރި ހުރިހާ ޕްރޮޑަކްޓަކުން ވޮރެންޓީ ލިބޭއިރު އެ ޕްރޮޑަކްޓްތައް ކޮލެޓީވާނެ ކަމަށް ޝޯރޫމުން ބުނެއެވެ.

އެ ޝޯރޫމުން ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދެއެވެ. 

ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ޝޯރޫމަށް ލިބެމުން އަންނަ ކަމަށް ވެރިފަރާތުން ބުނެއެވެ.  

އެމެރިކާގެ މަޔާމީގައި މައި އޮފީސް ހުންނަ ރީމެކްސް ކުންފުނި ވުޖޫދުވެފައި ވަނީ 2008 ވަނަ އަހަރުއެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް