21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސަންޖޫ ފިލްމް

ސަންޖޫ ޗައިނާއަށް!

  • ޗައިނާގެ ވަރަށް ގިނަ ޑިސްޓްރިބިއުޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ
  • މި އަހަރު ނިމުމުގެ ކުރިން ރިލީޒް ކުރާނެ
ސިމާހާ ނަސީމް | sim_kamana

| 21 ޖުލައި 2018 | ހޮނިހިރު 18:42 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ފިލްމް 'ސަންޖޫ'ގެ ޕޯސްޓަރެއް -- އިންޑިއަން އެކްސްޕްރެސް

މަޝްހޫރު ބޮލީވުޑް އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު "ސަންޖޫ" އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު އެ ފިލްމް ޗައިނާގައި އަޅުވަން ނިންމައިފިއެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ޖޫން 29 ވަނަ ދުވަހު ރިލީޒް ކޮށްފައިވާއިރު 4,100 އަށްވުރެ ގިނަ ސްކްރީންތަކުގައި ފިލްމް ވަނީ އަޅުވާފައެވެ. މި ފިލްމަށް އިންޑި އިން އެކަނި ވެސް 300 ކްރޯޑް އަށް ވުރެ ގިނަ ރުޕީސް ލިބިފައި ވެއެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ބުނެފައި ވަނީ ޗައިނާގެ ވަރަށް ގިނަ ޑިސްޓްރިބިއުޓަރުން ފިލްމް ބެލުމަށްފަހު އެ ޤައުމުގައި ފިލްމް އެޅުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ ސްޓޫޑިއޯގެ ފަރާތުން ބުނީ މި ފިލްމް ޗައިނާގެ އިތުރުން ޖަޕާން އަދި ސައުތު ކޮރެއާގައި އެޅުވުމަށް ވިސްނަމުންދާ ކަމަށެވެ. އަދި ފިލްމް ޗައިނާގައި މި އަހަރު ނިމުމުގެ ކުރިން ރިލީޒް ކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ. ފަހަކަށް އައިސް ބޮލީވޫޑްގެ ފިލްމްތައް ޗައިނާގައި ރިލީޒްކޮށްގެން ބޮޑު އާމްދަނީއެއް ހޯދާފައި ވެއެވެ. ބައެއް ފިލްމްތަކަށް އިންޑިއާ އަށް ބޮޑު އާމްދަނީއެއް ލިބިފައި ވެއެވެ. 

ސަންޖޭގެ ރޯލުން ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމް ބިނާކޮށްފައި ވަނީ ސަންޖޭ ދަތު ފިލްމީ ދާއިރާއާ ގުޅުނު ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތުގެ މައްޗަށެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތް މި ފިލްމްގައި ދައްކުވައިދެއެވެ.   

މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް