21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ދަޅަކް: ބޮލީވުޑަށް އަލަށް ނުކުތް ދެ ތަރިންނާ އެކު ރެކޯޑެއް!

  • ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 8.50 ކްރޯޑް ރުޕީޒް ލިބިފައިވޭ
  • މި ފިލްމަކީ ކާމިޔާބު މަރާތީ ފިލްމް "ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 21 ޖުލައި 2018 | ހޮނިހިރު 12:18 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު -- ގޫގުލް

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތަޢާރަފް ވެގެންދާ ފިލްމް "ދަޅަކް" ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ރެކޯޑެއް ގާއިމް ކޮށްފައެވެ

ޝަޝާންކް ކައިތަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 8.50 ކުރޯޑް ރުޕީޒް ލިބިފައެވެ. އެހެން ކަމުން މި ފިލްމް ވެފައި މިވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ތަރިން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.

މީގެ ކުރިން މި ލިސްޓްގެ އެއްވަނައިގައި އޮތީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލޯތްރާ ބޮލީވުޑަށް ތަޢާރަފްވި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އެވެ. 2012 ގައި ރިލީޒް ކުރި މި ފިލްމަށް، ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.52 ކްރޯޑް ރުޕީޒްއެވެ. އަދި މި ލިސްޓްގެ ތިން ވަނައިގައި އޮތީ ސޫރަޖް ޕަންޗޯލީ އާއި އާތިޔާ ޝެޓީ ބޮލީވުޑަށް ތައާރަފްވި ފިލްމް "ހީރޯ" އެވެ. މި ފިލްމަށް ރިލީޒްކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.69 ކްރޯޑް ރުޕީސް އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "އިޝްގްޒާދޭ" އަށެވެ. މި ފިލްމަށް ވަނީ 4.48 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި "ދަޅަކް" ވެފައި މި ވަނީ މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އަށް ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ.

"ދަޅަކް" އަކީ ކާމިޔާބު މަރާތީ ފިލްމް "ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ބޮލީވުޑަށް އަލަށް ތަޢާރުފުވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ބަޠަލާ ސްރީ ދޭވީގެ ދަރިފުޅެވެ. އަދި ދަޅަކްގެ ފިރިހެން ލީޑްގެ ގޮތުގައި ބޮލީވުޑަށް ތަޢާރުފުވާ އިޝާން ޚައްތަރަކީ ބޮލީވުޑްގެ އެކްޓަރ ރާޖޭޝް ޚައްތާރާއި ޓީވީ އެކްޓްރެސް ނީލިމާ އަޒީމްގެ ދަރިފުޅެވެ. އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝާހިދު ކަޕޫރަކީ އިޝާންގެ އެއްބަނޑު ބޭބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް