22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޑޮލަރު ވިއްކުން

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

  • ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ގާއިމްކުރި އާ ނިޒާމް ވަރަށް ކާމިޔާބު
ރިޒުނާ ޒަރީރު | RiznaZareer

| 23 ޖެނުއަރީ 2017 | ހޯމަ 12:57 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް 8 ޖަނަވަރީ ގައި ބީއެމްއެލް އިން ތައާރަފް ކުރި އޮންލައިން ބުކިންގ ނިޒާމު މެދުވެރިކޮށް ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.  

ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކުރުމުގެ ލަނޑުދަނޑި ހާސިލްވުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ބޭންކުން ހާމަކުރިގޮތުގައި މިދިޔަ ދެހަފްތާގެ ތެރޭގައި ބޭންކުންވަނީ 2500 ދަތުރުވެރިންގެ ބުކިންގ އަށް ޖުމްލަ އެއް މިލިއަން ޑޮލަރު ދޫކޮށްފައެވެ. މި އާ ނިޒާމަކީ ބޭނުން ކުރަން ފަސޭހަ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ނިޒާމެއްކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އާ ނިޒާމުގެ ދަށުން، ބޭންކުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ބުކިން ހެދޭނެއެވެ. އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެ ކަމަށާއި އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމަށް ބޭންކުން ހާމަކޮށްގައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް