19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އޭންޖެލްހެކް ހެކެތޯން

ދުނިޔޭގެ އެންމެ ވަރުގަދަ ހެކަތޯން، ރާއްޖޭގައި ފަށައިފި

  • ދިރާގުގެ އަމާޒަކީ ޒުވާނުންނާއެކު ގައުމު ކުރިއެރުވުން
  • ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ އޭންޖަލްހެކްގެ ހަރަކާތުން ތަފާތު އަދި މުހިއްމު ތަޖްރިބާތައް ލިބޭނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 21 ޖުލައި 2018 | ހޮނިހިރު 10:24 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ހަފްލާ ފައްޓަވައި ދެއްވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަ ދައްވަނީ -- ދިރާގު

ހޮނިހިރު ދުވަހު ހޮޓެލް ޖެންގައި "އޭންޖަލްހެކް" ހެކަތޯން ހަފްލާ ފައްޓަވައި ދެއްވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އަމާޒަކީ ޒުވާނުންނާއެކު ގައުމު ކުރިއެރުވުން ކަމަށެވެ. ދިރާގަކީ ޒުވާނުންނާއި ގުޅޭ އެންމެހާ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއް ކަމަށާއި ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ އެއް އަސާސް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ އޭންޖަލްހެކްގެ ހަރަކާތުން ތަފާތު އަދި މުހިއްމު ތަޖްރިބާތައް އޭގެ ބައިވެރިންނަށް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. މިއަދާއި މާދަމާ ކުރިއަށް ގެންދާ މިހަރަކާތުގައި ބައިވެރިންނަށް މަސައްކަތް ފުރިހަމަކުރުމަށް ސައުވީސް ގަޑިއިރު ލިބޭނެ ކަމަށާއި އެ ހެކަތޯނުން އެއްވަނަ އަށް ހޮވޭ އުފެއްދުން، އެމެރިކާގެ ސެންފްރެންސިސްކޯގެ ސިލިކޮންވެލީގައި ބާއްވާ ގްލޯބަލް ޑިމޯ ޑޭގައި ދައްކާލައި، ދުނިޔެ އަށް ތައާރަފް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިވެލޮޕަރުންނާއި ކްރިއޭޓިވްސް އަދި ސްޓާޓަޕްތަކާއި، އެންޓަޕްރިނިއަރުންނަށް އަމާޒު ކޮށްގެން ހިންގާ ހަރަކާތަކީ އެ މީހުންގެ ހުނަރު ދައްކާލުމަށް ދުނިޔޭގަ ވެސް އެންމެ ވަރުގަނދަ އެއް ޕްލެޓްފޯމްކަމަށް ދިރާގުން ބުނެއެވެ.

ދުނިޔޭގެ އެންމެ ފުންނާބު އުސް ކޯޑަރުންނާއި، ހެކަރުން އަދި ސޮފްޓްވެއަރ ޑިވޮލޮޕަރުންނާއިއެކު މުޅި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އެންޖޭލްހެކް ހެކަތޯންގައި ދުނިޔޭގެ 60 ގައުމަކުން ބައިވެރިވެއެވެ.

އެ ހެކެތޯންގައި މިހާތަނަށް 150 ގައުމު ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް