17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ކޮލަމްބިއާ-ފާކް

ފާކްގެ ކުރީގެ ހަނގުރާމަވެރިން މަޖިލީހުގެ މެމްބަރުންނަށް

  • ސެނޭޓްގައި ފަސްގޮނޑި އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ވެސް ފަސްގޮނޑި ފާކަށްވަނީ ލިބިފައި
  • ފާކް ޖަމާއަތާއި ކޮލަމްބިއާގެ ސަރުކާރާއިއެކު ސުލްހަވީ 2016 ވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 21 ޖުލައި 2018 | ހޮނިހިރު 09:44 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ފާކްއާއިއެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެއްވި މަަސައްކަތާއި ގުޅިގެން ރައީސް ހުއާން މަނުއެލް ސަންޓޯސްއަށްވަނީ ނޮބެލް ސުލަހައިގެ އިނާމު ލިބިވަޑައިގެންފައި -- އާކައިވް

ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ޖަމާއަތް ކަމުގައިވާ ފާކްގެ ކުރީގެ މެމްބަރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވެވަޑައިގަތުމުން އެ ގައުމުގެ ރައީސް ހުއާން މެނުއެލް ސަންޓޯސް މަރުހަބާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފަންސާސް އަހަރު ވަންދެން ދައުލަތާއި ހަނގުރާމަ ކުރުމަށް ފަހު ގާނޫނު އަސާސީއަށް އިހުތިރާމް ކުރާތަން ފެނުމުން އުފާ ކުރައްވާ ކަމަށެވެ.

ފާކް ޖަމާއަތާއި ކޮލަމްބިއާގެ ސަރުކާރާއި އެކު 2016 ވަނަ އަހަރު ވެވުނު ސުލްހައިގެ އެއްބަސްވުމަށް ފަހު އަލަށް ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި މެމްބަރުން ހުވާކުރައްވާވާފައި ވަނީ ހުކުރު ދުވަހުއެވެ.

 

ރައީސް ސަންޓޯސް ވަނީ ކޮލަމްބިއާގެ ސުލްހަ ދަމަހައްޓައި ދެއްވުމަށް، އެ މަނިކުފާނަށް ފަހު ރައީސްކަމުގެ މަގާމު އަދާކުރެއްވުމަށް މިހާރު އިންތިޚާބުވެ ވަޑައިގެންފައިވާ އިވާން ދޫކޭގެ އަރިހުން އެދިވަޑައިގެންފައެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ތާރީޚުގައި ހަގީގީ ކާމިޔާބަކަށް ވާސިލުވިތަން" އަންނަ މަހު މަގާމުގެ ދައުރު ހަމަ ކުރައްވާ ސަންޓޯސް ވިދާޅުވިއެވެ.

ފާކް ނުވަތަ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ އަކީ ރިވޮލިއުޝަނަރީ އޯލްޓަރނޭޓިވް ކޮމަން ފޯސްގެ ނަމުގައި އޮންނަ ސިޔާސީ ޕާޓީއެކެވެ.

އެ ޕާޓީއަށް ސެނޭޓްގައި ފަސްގޮނޑި އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ވެސް ފަސްގޮނޑި ލިބިފައިވެއެވެ.

ކޮލަމްބިއާގެ ސަރުކާރުގެ މަދަދާއެކު ހަތިޔާރު ހިފައިގެން ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ކަނާތުފިޔައިގެ ފަރާތްތަކާއި ފާކް ޖަމާއަތާ މެދު ބައި ގަރުނަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 260،000 މީހުން މަރުވިއެވެ.

ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ އިވާން މާކޭޒް ވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ މަޖިލީހުގެ ގޮނޑިއަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

އިހުތިޖާޖް ކުރުމުގެ ގޮތުން އޭނާ އެގޮތަށް އަމަލުކުރައްވަނީ ފާކްގެ ކުރީގެ މެމްބަރެއް ކަމަށްވާ އަދި މިހާރު މަޖިލީހުގެ ގޮނޑިއެއް ލިބިވަޑައިގެންފައިވާ ޖީސަސް ސެންޓްރިޗް ބަންދުގައި ހުންނެވުމުންނެވެ.

ޖަލު ބަންދުގައި ހުންނެވި ސެންޓްރިޗްއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގައި އެމެރިކާއިން ހޯދަމުންދާ މީހެކެވެ.

ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި ދޫކޭ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކުރީގެ ހަނގުރާމަވެރިންގެ މައްސަލަތައް ތަހުގީގުކޮށް ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެމީހުން ހިންގާފައިވާ އަމަލުތަކުގެ އަދަބު ލިބި ނުގަންނަނީސް ގާނޫނުހަދާ މަޖިލީހަށް އެމީހުން ވަނުމުގެ ފުރުސަތު ނުދިނުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް