18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓުން ކުރެވުނު ތަޖުރިބާ!

  • އަޅުގަނޑުގެ ނޯޓު ގަނޑުތައް ޖަހައިގަތް
އަހުމަދު އަނޫޝު | IamAhmedAnoosh

| 21 ޖުލައި 2018 | ހޮނިހިރު 00:54 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރައީސް ޔާމިންގެ ކޭމްޕޭން އިވެންޓްގެ ތެރެއިން -- ޓްވިޓަރ

ޖުލައި 20 ވީ ހުކުރު ދުވަހު "ވަރުގަދަ" މެސެޖެއް ލިބުނެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ނެތަސް، އަޅުގަނޑަށް މިފަހަރު ދައުވަތުގެ މެސެޖެއް މިލިބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ ފަރާތްޕުޅުންނެވެ. އެ މެސެޖްގައި ވަނީ، މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ފާތިމަތު އިބްރާހިމް ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ހުކުރު ދުވަހުގެ ރޭ 8:15 އަށް ދަރުބާރުގެއަށް ހާޒިރުވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހައިރާން ވާންވީ ކީއްވެ؟

ދައުވަތުގެ މެސެޖް ލިބުނަސް، ޕީޕީއެމް އަދި އެހެން ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތަކަށް ރަޖިސްޓްރީކޮށްފައެއް ނުވާނެ އެވެ. އައްޑޫ ރައްޔިތަކަށް ވިޔަސް، ޕީޕީއެމް ނުވަތަ ފާތުމަތު އިބްރާހިމް ދީދީ އިންތިޒާމުކުރައްވާ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ދައުވަތު ފޮނުވުމަށް ރުހި، ފޯން ނަންބަރު އެއްވެސް ތަނަކަށް، އަދި މީހަކަށް ވިޔަސް ދީފައެއް ނޯންނާނެވެ. 

ދައުވަތު ލިބުމާއެކު ނޫސްވެރިއެއްގެ ހައިސިއްޔަތުން އިވެންޓަށް ދިއުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ. ދަރުބާރުގޭގައި ބޭއްވި މި އިވެންޓަށް ވަނުމާއެކު، އެންމެންގެ ލޯތައް އަމާޒުވި އެވެ. އަޅުގަނޑު ގޮސް ގޮނޑީގައި އިށީނުމާއެކު، ގަމީހުގެ މޭމަތީގައި ތަތްކުރުމަށްޓަކައި، ރައީސް ޔާމީންގެ ސްޓިކާއެއް ދިނެވެ. އެތަނަށް ދިޔައީ އެ ސްޓިކާ ތައްތުކުރަން ނޫން ކަމަށްވާތީ، މޭޒުމަތީގައި ސްޓިކާ ބޭއްވީމެވެ. ނަމަވެސް އެ ސްޓިކާ ތަތްކުރުމަށް އިވެންޓް އިންތިޒާމުކުރުމުގައި އުޅުނު ބައެއް މީހުން ތަކުރާރުކޮށް އެދެމުން ދިޔައިރު، އަޅުގަނޑުގެ ފޮޓޯ ބައެއް މީހުން ނަގަމުންދިޔަ އެވެ. މި ހުރިހާ ކަމަކުން އިހުސާސްކުރެވުނީ، އަޅުގަނޑަކީ ނޫސްވެރިއެއްކަން އެނގޭއިރު ވެސް، ރައީސް ޔާމީންގެ ސްޓިކާ ތަތްކުރުމަށް ބާރުއަޅާއިރު، އެހެން ކަންކަމުގައި އެހެން ފަރާތްތަކަށް ކޮށްލާނެ ވަރަކާމެދު އެވެ. 

 

ދެއްކެވި ވާހަކަ

މި އިވެންޓްގައި ފާތުމަތު އިބްރާހިމް ދީދީ ވާހަކަ ނުދެއްވި ނަމަވެސް، ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދެއްކެވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އައްޑޫގައި ޕާސްޕޯޓު ހަދައިގެން ބޭރު ގައުމުތަކަށް ދަތުރުކުރަން ފެށިފައިވާ ކަމަށެވެ. އެފާހަގަ ކުރެއްވީ އައްޑޫން ލަންކާއަށް ސްރީ ލަންކަން އެއާލައިންސްގައި ދަތުރުކުރެވޭ ވާހަކަ އެވެ.

އައްޑޫ އަތޮޅުގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަގީގަތަކީ ކޮބައިތޯއެވެ. ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ ވިދާޅުވިއިރު، މިހާރު ހުރި ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ވަނީ އިންތިހާއަށް ވެއްޓިގެން ގޮސްފަ އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތާ ތިން މަސް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ އަށް ކޮށްދިން އެއްވެސް ކަމެއް ވެސް ނެތް އިރު، އައްޑޫ ސިޓީގައި ގެސްޓް ހައުސްތައް ގާއިމްކޮށް އެނދުގެ އަދަދު 5000 އަށް އިތުރުކުރާނެ ކަމަށް މި ސަރުކާރުންވި ވައުދު ވެސް ފުއްދިފައެއް ނެތެވެ. 

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ހޯއްދެވުމަށް ފަހު ޕީޕީއެމް އަށް ބަދަލުކުރައްވައިގެން ހުންނެވި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރަށް ވުރެ އޯގާތެރި ސަރުކާރެއް ރައްޔިތުންނަށް ފެނިފައި ނުވާ ކަމަށާއި އެހެންކަމުން އައްޑޫ ރައްޔިތުން ރައީސް ޔާމިނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު އަޅުގަނޑަށް އިހްސާސް ކުރެވުނީ މިނިސްޓަރަށް ގަބޫލުކުރެވެނީ އައްޑޫ ރައްޔިތުންނަކީ ބީރު އަދި ކަނު ބައެއްގެ ގޮތުގަ އެވެ. އޯގާތެރި ސަރުކާރޭ ބުނިއިރު، އައްޑުއަށް ނިސްބަތްވާ އެންމެ ވަރުގަދަ ބޭފުޅުން އެ ތިއްބެވީ ޖަލަށް ލައިފަ އެވެ. 

މިނިސްޓަރުގެ މި ވާހަކައަށް ރައްދު ދެއްވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ އޯގާތެރިކަމުގެ ވާހަކަ ރައީސް ޔާމިންގެ އަރިސް ބޭފުޅުން ވިދާޅުވާއިރު، އައްޑޫ އަށް ނިސްބަތްވާ އިލްމުވެރި އަދި ހިކުމަތްތެރި ދަރިން ނުހައްގުން ޖަލަށް ލާ އަނިޔާ ކުރުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނެތްކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލިކަން އޭނާ ފާހަގަ ކުރިއެވެ. 

 

ފުރައްސާރަ

އިވެންޓްގައި ދެއްކެވި ވާހަކަތައް އަޅުގަނޑު ދިޔައީ ނޯޓުކުރަމުންނެވެ. އެކަމާ ބައެއް މީހުން ހިތްހަމަ ނުޖެހިގެން ލޯއަޅަމުން ދިޔަ އެވެ. ހޯލްތެރޭގައި ތިބި ބައެއް މީހުންގެ އަޅުގަނޑަށް ކޮށްފައި ހުރި ފޯކަސް ކުޑަ ހިނދުކޮޅަކަށް ވެސް ކައްސާނުލަ އެވެ.

ބައްދަލުވުމުގައި ބޭފުޅުން ދައްކަވަމުން ދިޔަ ވާހަކަތައް އަޅުގަނޑު ނޯޓުކުރަމުން ދިޔައިރު، އަޅުގަނޑުގެ ފަހަތުން މީހަކު އައިސް، ނޯޓްކޮށްފައި ހުރި ގަނޑުތައް ޖަހައިގަތެވެ. ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. މިފަދަ ދަށުދަރަޖައިގެ އަމަލެއް ކޮށްފާނެ ކަމަށް ވެސް ހިތަށްވެސް ނާރަ އެވެ. 

އިވެންޓަށް ފަހު ފޯނު ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. އަޅުގަނޑުގެ ފޮޓޯ މުޅި ސޯޝަލް މީޑިއާގައި ދައުރުވަނީ އެވެ، ވެގެން އުޅޭ ގޮތް ގިނަ ބަޔަކަށް ނޭނގެ އެވެ. ޖަވާބަކީ މިއެވެ؛ މި އިވެންޓަށް އަޅުގަނޑު ދިޔައީ ނޫސްވެރިއެއްގެ ހައިސިއްޔަތުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hussain

7 މަސް ކުރިން

Athulevifaivaa notes thah vaguthun anburaa anoosh ge aipulhah eruvunu. Noosveriehgge haisiyyathun vadainnevinama noosveriyehge gothun dheyn jehey hirihaa haggeh libunees. Interview koh suvaalu kurumuge haggu ves libunees. Adhi namaves event inthizaamu kuri beyfulhun anoosh aa suvaalu kurumun vidhaalhuvee noos veriehge haisiyyathun noon kamah namaves addu rayyithehge haisiyyathun event gai baiverive vadainnevee kamah.

1
14
ނޫސް ކިޔާ ހަސަނު

7 މަސް ކުރިން

އަހުމަދު އަނޫޝް ތިބޭފުޅާ އަށް ދައުވަތު ލިބުނު ވާހަކަ ލިޔެފައި ތިއޮތީ ނޫސް ވެރިއެއްގެ ހައިސިއްޔަތަކުން އެތަނަށް ދާކަށް ނޫން ކަން މިއާޓިކަލް ކިޔާލު މުން އަޅުގަނޑަށް ފާހަގަ ކުރެވުނު އެހެންވެ ތިބޭފުޅާ ތިހައްދަވަނީ އިތުރުފުޅު ކަން މި ކިޔާލާ ކޮންމެ މީހަކަށް ވެސް އެގޭނެ ތިގޮތަށް އާޓިކަލް ތަށް ލިޔެގެން ގައުމުފަސާދަ .ކުރަން ނޫޅުމަށް އަނޫޝް އަށް ހަދާން ކޮއްދޭން.

1
21