
| 23 ޖެނުއަރީ 2017 | ހޯމަ 12:48 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އާސެނަލް އަށް އެވަޓަންގެ އެޓޭކިންގް މިޑްފިލްޑާ ޑިމިޓްރީ ޕަޔެޓް ބޭނުން ނުވާ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާދީއްތަ ދުވަހު ބާންލީއާ ދެކޮޅަށް އާސެނަލް ނިކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވެންގާ ބުނީ އާސެނަލް އަށް ޕަޔެޓް ބޭނުން ނުވާ ކަމަށާއި، އެޓީމުގައި ޕަޔެޓްއަށްވުރެ ހުނަރުވެރި ކުޅުންތެރިން މިވަގުތު އެބަތިބި ކަމަށެވެ.
ވެންގާ ބުނީ ޕަޔެޓް އަކީ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ. އެހެންނަމަވެސް މިވަގުތު ހޯދަމުން އަންނަ މަގާމަށް ޕަޔެޓް ބޭނުންނުވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ޕަޔެޓް ކުޅެމުން އަންނަ މަގާމަށް ކުޅޭ ވަރަށް ގިނަ ކުޅުންތެރިން މިވަގުތުވެސް ޓީމުގައި އެބަތިބި ކަމަށެވެ.
ވެލްބެކް ޓީމަށް އެނބުރި އައިކަން ފާހަގަކުރަމުން ވެންގާ ބުނީ މިހާރު ސްކޮޑު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ސްކޮޑާ އަދިވެސް ގުޅެން ކުޅުންތެރިން އެބަތިބި ކަމަށެވެ.
ބާންލީއާ ދެކޮޅަށް އާސެނަލް ނިކުންނައިރު، އަނިޔާއިން ސަލާމަތްވެ ބެލެރިން، ޖިރޫ އަދި ގިބްސް ވަނީ ސްކޮޑާ ގުޅިފައެވެ. އެހެންނަމަވެސް އަނިޔާގެ ސަބަބުން ތިއޯ ވޮލްކޮޓް، މެތިއު ޑިބުޗީ، ޕީޓާ މަޓަސެކާ އަދި ސަންޓީ ކަޒޯލާ އަށް އެ މެޗުގައި ނުކުޅެވޭނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް