17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ކެޑްބަރީ ޗޮކްލެޓް

ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ

  • މި ޗޮކްލެޓްގައި ހަކުރު 30 އިންސައްތަ ދަށް ވާނެ
  • މިއަންނަ އަހަރު އެ ޗޮކްލެޓް މާކެޓަށް ތައާރަފު ކުރެވިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 20 ޖުލައި 2018 | ހުކުރު 19:25 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ -- ބީބީސީ

މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ކަމަށްވާ ކެޑްބަރީ ޑެއިރީ މިލްކް ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

އެގޮތުން އެ ކުންފުނިން މާކެޓަށް މުޅިން އަލަށް ނެރުމަށް ނިންމާފައިވާ 'ލޯ ޝުގަރ' ޗޮކްލެޓްގެ ހަކުރު 30 އިންސައްތަ އަށް ދަށް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއަންނަ އަހަރު އެ ޗޮކްލެޓް މާކެޓަށް ތައާރަފު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ ދުނިޔޭގައި ފަލަވާ ބަލި ގިނަވުމުން އެކަން ދަށް ކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ 'ލޯ ޝުގަރ' ޗޮކްލެޓް އުފެއްދުމަށް ދެ އަހަރު ހޭދަވިއިރު 20 ސައިންޓިސްޓުންނާއި ނިއުޓްރިޝަނިސްޓުން ބޭނުންވި ކަމަށެވެ.

ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' ވާޝަން މާކެޓަށް ނެރުނު ނަމަވެސް މިހާރު މާކެޓުގައި ހުރި ޗޮކްލެޓްތައް އެ ކުންފުނިން ވިއްކަމުންދާނެކަން ވަނީ ހާމަކޮށްފައެވެ.  

މިދިޔަ އަހަރު ޕަބްލިކް ހެލްތް އިންގްލޭންޑުން ވަނީ 2020 ވަނަ އަހަރު ފުޑް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ކުންފުނިތަކުން އުފައްދާ ބާވަތްތަކުގައި ހަކުރު ހުންނަ އިންސައްތަ މަދު ކުރުމަށް ޗެލެންޖް ކޮށްފައެވެ.  

ކެޑްބަރީ ޗޮކްލެޓަކީ އާންމުންގެ މެދުގައި އަބަދުވެސް މަޝްހޫރު ބްރޭންޑަކަށްވެފައިވާއިރު އެ ކުންފުނިން އުފައްދާފައިވަނީ 1905 ވަނަ އަހަރުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް