23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

ރައީސް ޔާމީންގެ ނަމަ ނަމަ...

  • ރައީސް މައުމޫން ފޯނުދެއްވިނަމަ ޖަލުގައި އޮންނަވަންޖެހިވަޑައިނުގެންނެވީސްކަމަށް ރައީސް ޔާމީން ވިދާޅުވި
  • ފައިސާދިންނަމަ އަދީބަށް ބޭސްފަރުވާ ލިބޭނެކަމަށް ރައީސް ޔާމީން ވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 20 ޖުލައި 2018 | ހުކުރު 17:51 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  8. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި


ކެމްޕޭން ހަރަކާތަކަށްފަހު، ރައީސް ޔާމީން އެމަނިކުފާނުގެ ކާރަށް އަރައިވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކެވިނަމަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދެވޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ވިދާޅުވި އެވެ. އެންމެ ފަހުން ރައީސް ޔާމީން ވިދާޅުވި މިފަދަ ވާހަކަފުޅަކީ، ކުރީގެ ރައީސް މައުމޫން ފޯނު ދެއްވި ނަމަ އެ މަނިކުފާނު ޖަލުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޯޓު އަމުރު ނުނެރުއްވިނަމަ، އެ ބޭފުޅުންނަށް އިތުބާރު ކުރެއްވޭނެކަމާއި، ޖަލަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިނުގަންނަވާނެ ފަދަ މޭރުމުން ވާހަކަފުޅުދެއްކެވީވެސް ރައީސް ޔާމީނެވެ.

މިފަދަ ލިސްޓު ކިޔާކަމުގައިވާނަމަ މިގޮތަށްގޮސް އެތައް ނަމައެއްގެ ވާހަކައެއް ދެއްކިދާނެ އެވެ. އެވެނިކަމެއް، މިވެނިގޮތަކަށްވިނަމަ އެކަމެއް ނުވާނެކަމާއި، އެވެނި ބޭފުޅަކު ތިމަން މަނިކުފާނު ވިދާޅުވިގޮތަށް މިވެނިކަމެއް ކުރެއްވިނަމަ، އެވެނިކަމެއް ނުވާނެކަމަށް ވިދާޅުވާ ވާހަކަތަކެވެ. 

ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް ޔާމީން އީދު ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ބުރާސްފަތި ދުވަހު، ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ އިހުތިރާމްކުރައްވާ ބޭފުޅަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލުގައި އިންވަންޖެހިވަޑައިގެންނެވީ ފޯނު ނުދެއްވުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފޯނު ދެއްވިނަމަ، އެކަހެރިކޮށް ޖަލުގައި އިންނަވަންޖެހިވަޑައިނުގަންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

އެންމެފަހުން، އުމުރުފުޅުން 83 އަހަރުވެފައިވާ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަންނަވަމުންގެންދަވާ އަނިޔާވެސް ރައީސް ޔާމީން ނިންމަވާލެއްވީ ނަމައަކުންނެވެ. ރައީސް ޔާމީންގެ ބޮޑު "ނަމަ" އިންނެވެ. އެވެސް ވަރަށް ރައީސް މައުމޫނަށް ވަރަށް އިހުތިރާމްކުރައްވާކަމަށް ވިދާޅުވުމަށްފަހުގަ އެވެ. 

ހދ. ހަނިމާދޫ ނަރުދަމާ ނިޒާމްގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮންމެކަމަކުންވެސް ރެކިވަޑައިގަތުމަށް ބޭނުންކުރާ ބޮޑު ބަހަކަށް "ނަމަ" ރައީސް ޔާމީން އެ ވަނީ ހައްދަވާފަ އެވެ. 

ޑީލަށް އޯކޭވިނަމަ ޝެއިހު އިމްރާން އަބްދުﷲ ވެސް އޮންނަވާނީ ގޭގައިކަމަށް މާދަމާ ވިދާޅުވެދާނެ އެވެ. ވެރިކަމުގެ ކަންތައްތަކާއި ފާޑުނުކިޔައި، ވެރިކަމާ ނޫޅުއްވިނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޤާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުމެއް ނައީސްކަމަށްވެސް ރައީސް ޔާމީން ވިދާޅުވެދާނެ އެވެ. ހުކުމް ނުނެރުއްވިނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔަރުންނަށް ޖަލުގައި އޮންނަވަންޖެހިވަޑައިނުގަންނަވާނެކަމާއި، ސަނާ ކިޔުމުގައި ދެމިތިބިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވުމަކީ ހަމަ ގާތުގައިވާކަމެކެވެ. 

އަނިޔާވެރި ރަހުމުކުޑަގޮތަކަށް، މަރާލެވުނު އަނަސް މަރާލެވުނީ ލައިގެން ހުރި ޓީޝާޓެއްގެ ސަބަބުންކަމަށް ވިދާޅުވެފައިވާއިރު، އެހެން ޓީޝާޓެއްލައިގެންހުރިނަމަ އަނަސްވެސް މަރާނުލާނެކަމަށްވެސް ރައީސް ޔާމީން ހަމަވިދާޅުވެދާނެ އެވެ. 

އިސްލާމިކް ބޭންކުން 1 މިލިއަން ޑޮލަރު ޖަމާނުކޮށްދިންނަމަ، އަމިއްލަ ފުޅު އެކައުންޓުގައި 1 މިލިއަން ޑޮލަރު ނޯންނާނެކަމާއި، އެމްއެމްޕީއާރުސީއަކީ ވުޖޫދުގައި ނެތް ކުންފުންޏެއްނަމަ އެ ކުންފުނީގެ ހަލާލުނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ނުވަނީސްކަމަށްވެސް މާދަމާ ރައީސް ޔާމީން ވިދާޅުވެދާނެ އެވެ. 

ދެން ރައްޔިތުންވީ އެ ހުރިހާ ވާހަކައެއް ގަބޫލުކޮށް، ރައީސް ޔާމީނަށް ސަނާ ކިޔައި، އަތްޖަހަން ހެއްޔެވެ. 

ރައީސް ޔާމީނެވެ. މިނިވަން ފަނޑިޔާރުގެޔެއް އޮތް ތަނެއް ނަމަ، ފޯނު ދެއްވިނަމަވެސް، ފޯނު ނުދެއްވިނަމަވެސް ރައީސް މައުމޫނު މިނިވަންކުރުމަކީ މަނިކުފާނަށް ކުރެއްވޭނެކަމެއް ނޫނެވެ. މިނިވަން ފަނޑިޔާރު ގެޔެއް އޮތް ތަނެއް ނަމަ، މައްސަލަ ތަހުޤީޤްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާ ހިސާބުން ސަރުކާރުގެ ބާރުވެރިކަން އެ މައްސަލައަކުން އެއްކޮށް ގެއްލިގެންދިޔައީ އެވެ. ދެން އެ މައްސަލައެއްގައި ގޮތެއް ނިންމައި، މީހަކު މިނިވަންކުރާނީތޯ ބަންދުކުރާނީތޯ ނިންމާނީ ޕީޖީ އާއި ކޯޓުތަކުގެ ފަނޑިޔާރުންނެވެ. މިނިވަން ފަނޑިޔާރުގެޔެއްް، އަދި ސަރުކާރުގެ ނުފޫޒެއް ނެތި ހިނގާ ޖުޑީޝަރީތައް ހިނގަނީ މި ދެންނެވި އުސޫލުންނެވެ. އެއީ އަޅުގަނޑުމެންގެ ދުސްތޫރުގައި އެކަން ކުރަން އަންގާގޮތެވެ. 

އެވެނިކަމެއް، މިވެނިގޮތަކަށްވިނަމަ، މިވެނިކަމެއް ނުވީސްކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސް ޔާމީން ވެރިކަމަށް ވަަޑައިނުގެންނެވިނަމަ، މިއިން އެއްވެސްކަމެއް ނުވީސް ދެއްތޯ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރައޫފް

7 މަސް ކުރިން

ނަސީރުތިވާހަކަ ނުލިޔުނުނަމަ

0
0
R.atoll

7 މަސް ކުރިން

true story

1
0
ހެއްރަބެ

7 މަސް ކުރިން

ވަރަށް ފުރިހަމަ އާޓިކަލެއް..ފެށުންވެސް ބަރާބަރު އަދި ނިމުންވެސް އެހާމެ ފުރިހަމަ....ސާބަސް ދޭވަރުވޭ!!!އ

2
0