18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް އަށް އަހަރުގެ، އިތުރު ޖަލު ހުކުމެއް އިއްވައިފި

  • މި އޭޕްރީލް މަހު ޕާކް ގުން-ހައި ގެ މައްޗަށް ވަނީ 24 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 20 ޖުލައި 2018 | ހުކުރު 17:10 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން-ހައި -- ގޫގުލް

ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން-ހައި ގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އެގައުމުގެ ކޯޓަަކުން ހުކުރު ދުވަހު އިއްވައިފިއެވެ. 

ޕާކް ގުން-ހައި ގެ މައްޗަށް މިހާރުވެސް 24 އަހަރުގެ ޖަލު ހުކުމެއް ކޮރަޕްޝަނުގެ މައްސަލައެއްގައި އިއްވާފައިވާއިރު، ހުކުރު ދުވަހު އެކަމަނާގެ މައްޗަށް އިއްވުނު ޖަލު ހުކުމް އިއްވާފައި ވަނީ ދައުލަތުގެ ޖާސޫސީ އިދާރާގެ ފައިސާތަކެއް ގެއްލުނު މައްސަލައެއްގައި ކުރެވުނު ދައުވާ ސާބިތު ވުމާއި ގުޅިިގެންނާއި އަދި 2016 ގައި ބޭއްވުނު ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް އެކަަމަނާ ނުފޫޒު ފޯރުވިކަމަށް ސާބިތުވުމާ ގުޅިގެންނެވެ. 

ހުކުރު ދުވަހު "ދަ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓް" އިން އިއްވި ހުކުމުގައި ބުނެފައި ވަނީ ޕާކް ގުން-ހައި އާއި އެކަމަނާގެ ގާތް ފަރާތްތައް ގުޅިގެން "ނެޝެނަލް އިންޓެލިޖެންސް ސާރވިސް" އިން 3.3 ބިލިއަން ވޮން (2.91 މިލިއަން ޔޫއެސް ޑޮލަރު) ގެއްލުވާލައިފައިވާ ކަމަށެވެ. 

އުމުރުފުޅުން 66 އަހަރުގެ ޕާކް ގުން-ހައި ގެ މައްޗަށް ހުކުމް އިއްވުނު ޝަރީއަތުގެ މަޖިލީހަށް އެކަމަނާ ހާޒިރުވެވަޑައިގެންފައިވާއިރު، އެކަމަނާ ވަނީ އެކަމާނާގެ މައްޗަށް އިއްވުނު ދައުވާތަކަށް އިންކާރު ކުރައްވާފައެވެ. 

މިދިޔަ އޭޕްރީލް މަހުވެސް ޕާކް ގުން-ހައި ގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަނާގެ މައްޗަށް 24 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ މިއަަހަރުގެ އޭޕްރީލް މަހު ކަމަށްވާއިރު، އެފަހަރު އެކަމަނާގެ މައްޗަށް ވަނީ ރިޝްވަތުދިނުމާއި، މާގާމުގެ ނާޖައިޒު ފައިދާ ނެގުމާއި މަޖުބޫރުކޮށްގެން ކަމެއް ކުރަން އުޅުމުގެ ދައުވާ ސާބިތުވެފައެވެ. އެކަމަނާ ވަނީ 16 މިލިއަން ޔޫއެސް ޑޮލަރުން އެފަހަރު ޖޫރިމަނާ ވެސްކޮށްފައެވެ. 

މުޅި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ޕާކް ގުން-ހައި ގެ މައްޗަށް އިއްވާފައިވާއިރު ޑިސެމްބަރު 2016 ވަނަ އަހަރު ދެކުނު ކޮރެއާގެ ގާނުނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ، ބޮޑު އަގުލަބިއްޔަތަކުން ޕާކް ގުން-ހައި މަގާމުން ދުރުކުރުމަށް ވޯޓު ދެއްވާފައެވެ. އެހެންނަމަވެސް އެކަމަނާ ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި ގާނޫނީގޮތުން އެއްވެސް މަނާ ކަމެއް ނުކުރައްވާ ކަަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އޭގެ ތިން މަސް ފަހުން އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ "ކޮންސްޓިޓުއުޝަނަލް ކޯޓް އޮފް ކޮރެއާ" އިން ވަނީ އޭރު ރައީސް ކަމުގައި ހުންނެވި ޕާކް ގުން-ހައި މަގާމުން ދުރުކުރުމަށް އެ ކޯޓުގެ އިއްތިފާގުން ނިންމާފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް