17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކުރެހުންތައް ދައްކާލުން

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި

 • އެގްޒިބިޝަން ކުރިއަށްދާނީ ޖުލައި 26 ވަނަ ދުވަހުގެ ނިޔަލަށް
 • ޕޭޕާކަޓްތަކުން ދައްކުވައިދޭނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް
 • 12 އާރޓްވޯކް ލެކިއުޓުގައި ޑިސްޕްލޭ ވަނީ ކުރެވިފައި
ސިމާހާ ނަސީމް | sim_kamana

| 20 ޖުލައި 2018 | ހުކުރު 15:50 | |

މަގުބޫލް

 1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އަލީޝާ ރާއްޖެޓީވީއަށް އިންޓަވިއު ދެނީ -- ރާއްޖެއެމްވީ

ލެކިއުޓުން މޯލްޑިވްސް އިން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (މެކް) އާއި ގުޅިގެން އެލީޝާ އަބްދުލްހަންނާންގެ ޕޭޕާކަޓް އާރޓްވޯކް ދައްކާލައިފިއެވެ.

ކުރެހުންތައް ދައްކާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މަޖީދީމަގުގައި ހުންނަ ލެކިއުޓް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭ އެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

ޕޭޕާކަޓް އާރޓްވޯކް އަކީ ވަކި ޑިޒައިންނަކަށް ނުވަތަ ވަކި އެއްޗެއް ދައްކުވައިދޭ ގޮތަށް ޝީޓެއް ކަފައިގެން ކުރާ މަސައްކަތެކެވެ. މި އާރޓްވޯކްގެ މަސައްކަތްކުރާއިރު އެ ޝީޓްގެ ކުޑަ ތަންކޮޅެއް ހަލާކުވިޔަސް އެ މަސައްކަތް ބޭކާރުވީއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެލީޝާ ބުނީ ޕޭޕާކަޓްތަކުން ދައްކުވައިދޭނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ކަމަށާއި 12 އާރޓްވޯކް ލެކިއުޓުން ފެނިގެންދާނެ ކަމަށެވެ. އަދި އެ 12 އާރޓްވޯކް ހެދުމަށްޓަކައި ދޮޅުމަސް ހޭދަވި ކަމަށްވެސް އެލީޝާ ބުންޏެވެ.

އެލީޝާ އިތުރަށް ބުނީ އާރޓްވޯކްތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަވީ މަޑީގެ އާރޓްވޯކް ހެދުމަށްޓަކައި ކަމަށާއި އެގޮތުން އެ މަސައްކަތަށް 8 ގަޑިއިރު ހޭދަވި ކަމަށެވެ.

 

އެލީޝާ މި މަސައްކަތް މީގެ 3 އަހަރު ކުރިން ފެށީ ގޭގައި ހުރެގެން މަސައްކަތެއް ފެށުމުގެ ބޭނުމުގައެވެ.

އާޓިސްޓް ކޮމިއުނިޓީން ވަނީ މީގެ 11 މަސް ކުރިން އަހްމަދު އަޒްމީ (ބާޗީ) ގެ ކުރެހުންތައް ދައްކާލާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް