18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސަރުކާރުގެ ޚާރިޖީ ސިޔާސަތު

ފައިސާއާއި އެއްޗެހި ދެންޏާ 'ޓެރަރިސްޓުން'ވެސް އޯކޭ؟

  • އުރީދޫއިން ވަނީ ސީ އެމްބިއުލާންސެއް ހަދިޔާކޮށް، އެއަރ އެމްބިއުލާންސެއް ދޭނެކަމަށް ބުނެފައި
  • ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވާން ކުރިކަމެއް ރާއްޖެއަށް ބުނެދެވިފައެއް ނުވޭ
މިއުވާން މުހައްމަދު | Miuvaan

| 20 ޖުލައި 2018 | ހުކުރު 13:20 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރާއްޖެއިން ޤަތަރާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ އެޤައުމުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ -- ގޫގުލް

މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ހެނދުނު މުޅި ދުނިޔެއަށް ސިހުން ގެނައީ ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ، ގަލްފުގެ ޤައުމުތަކުން އެސަރަހައްދުގެ އެހެން ޤައުމެއްކަމަށްވާ ޤަތަރާއިއެކު ގުޅުން ކަނޑާލި ވާހަކައެވެ. އަދި އެޤައުމުތަކުގައި ތިބި ޤަތަރުގެ ރައްޔިތުން އެޤައުމުތަކުން ފައިބާ، ޤަތަރުގައި ތިބި އެޤައުމުތަކުގެ ރައްޔިތުން އަވަހަށް ޤައުމަށް އެނބުރި އައުމަށް އެންގިއެވެ.

ޤަތަރާއިއެކު ގުޅުން ކަނޑާލީ ސަޢޫދީއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން ބަޙްރައިންއާއި މިސްރުންނެވެ. މީގެ އިތުރުން ސައޫދީއިން މަދަދުވެރިވާ ޔަމަނުގެ ސަރުކާރުންވެސް ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް ދިވެހިންނަށް ހައިރާންކަން ގެނުވީ ކުއްލިއަކަށް މާދުރުގައި އޮތް ދިވެހިރާއްޖެއިންވެސް ޤަތަރާއިއެކު ގުޅުން ކަނޑާލި ވާހަކައިންނެވެ. މެދުއިރުމަތީގެ ޤައުމުތަކުން އެކި ބަހަނާ ދައްކާފައި ޤަތަރާއިއެކު ގުޅުން ކަނޑާލީ އެސަރަހައްދުގައި އުފެދިފައިވާ ސިޔާސީ އަދި އިޤްތިޞާދީ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަޢޫދީއިން ބުނީތީ ރައީސް ޔާމީންގެ ސަރުކާރަށް ޤަތަރު ފެނުނީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައެވެ.

ސަޢޫދީއިން ޤަތަރަށް ވާގިވެރިވާން ކުރީ ކީއްކަމެއް ދިވެހި ސަރުކާރަށް އެނގިފައި އޮންނާނެކަމާއިމެދު ޝައްކެވެ. ސިޔާސީ ފަރާތްތައް ޖަލަށްލާން މާމޮޅެތި އިންޓެލިޖެންސް ރިޕޯޓް ހެދިޔަސް، ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވެގެން ކުރި ކަމެއް އެއިން އިންޓެލިޖެންސް ރިޕޯޓަކުން ފެންނަން އޮންނާނެކަމާއިމެދު ޝައްކެވެ. އެހެންނަމަވެސް ސަޢޫދީއިން ބުނީތީ ދިވެހި ސަރުކާރަށް ޤަތަރު ސަރުކާރު ވަރުގެ ނުބައި ނުލަފާ ސަރުކާރެއް ނެތެވެ. ޔަހޫދީ ދައުލަތް އިސްރާއީލަށްވުރެ ޤަތަރުގެ ނުބައިކަން ބޮޑުކަމަށް ރައީސް ޔާމީންގެ ސަރުކާރަށް ފެނިއްޖެއެވެ.

އެއާއިއެކު ދެން ފެނިގެން ދިޔައީ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ ދައުލަތަކާއި ގުޅުން ނުބާއްވަންވެގެން ރައީސް ޔާމީންގެ ސަރުކާރުން ގުޅުން ކަނޑާލި ދެވަނަ އިސްލާމީ ޤައުމާއިއެކު ގުޅުން ކަނޑާލިތަނެވެ. ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޔާމީން ނިންމެވިކަން ދިވެހި ސަރުކާރުގެ ގިނަ ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މީޑިއާއަށް އެނގުމުގެ ކުރިން ސަޢޫދީގެ މީޑިއާއަށް އެނގުނެވެ. ކެބިނެޓް ބައްދަލުވުން ނިމިގެން ނިކުމެވަޑައިގެންނެވިއިރު ކެބިނެޓް ވަޒީރުންނަށް މިވީ އަދި ކިހިނެއްކަމެއް ނޭނގުނެވެ.

އެހެންނަމަވެސް މިފިޔަވަޅަކީ ހަމަހަޤީގަތުގައިވެސް ބައެއްގެ ނުފޫޒުން ކުރި ކަމެއްކަން ވަރަށް ރަނގަޅަށް ސާބިތުވިއެވެ. ޤަތަރާއިއިއެކު އޮންނަ ގުޅުން ކަނޑާލަމުން ޤަތަރުގެ މަތިންދާބޯޓުތައް އެޤައުމުތަކުގެ މަތިން ދަތުރުކުރުންވެސް ގަލްފުގެ ޤައުމުތަކުން މަނާކުރިއެވެ. އެހެންނަމަވެސް ޤަތަރުގެ ސަރުކާރުގެ އެއަރލައިން ޤަތަރު އެއަރވޭސްގެ ފްލައިޓްތައް ރާއްޖެއަށް ކެންސަލް ކުރާކަށް ދިވެހި ސަރުކާރަށް ނުކެރުނެވެ. އެވަރުގެ ބޮޑު ޓެރަރިސްޓް ޤައުމެއްގެ އެއަރލައިނަކުން ރާއްޖެއަށްކުރާ ދަތުރުތައް ކެންސަލްނުކުރީ ކީއްވެބާއޭ އޭރުވެސް ސުވާލު އުފެދުނެވެ. ޤަތަރު އެއަރވޭސްއަކީ ޤަތަރުގެ ޝާހީ އާއިލާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، ޤަތަރު ސަރުކާރުގެ ކުންފުންޏެކެވެ.

ޤަތަރުން ރާއްޖޭގައި ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓަކީ އުރީދޫ ކުންފުންޏެވެ. އުރީދޫ ކުންފުނި ޤަތަރުގެ ޝާހީ އާއިލާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، އެކުންފުނިން ވަނީ ރާއްޖޭގެ މުވާޞަލާތީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް، އެދާއިރާގައި އެއް ކުންފުންޏަކުން ގެންގުޅެމުން އައި މޮނޮޕޮލީ ނިމުމަކަށް ގެނެސް، ވާދަވެރި މާހައުލެއް ޤާއިމްކުރިއެވެ. އުރީދޫއަކީ ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ، އަދި ކުރަމުން އަންނަ ނަމޫނާ ކުންފުންޏެކެވެ. ދާދި ފަހުން އިވިގެން ދިޔައީ އުރީދޫއިން ރާއްޖެއަށް ސީއެމްބިއުލާންސެއް ހަދިޔާކޮށް، އެއަރ އެމްބިއުލާންސެއް ހަދިޔާކުރަން ނިންމި ވާހަކައެވެ. ބަޔަކު ހެޔޮ ވާނީ އެހާ ވަރަކަށެވެ. އެކަމަކު އެއީ ހަމަ އެއްކަލަ ޓެރަރިސްޓުންނަށް ވެގެން އެބަޔަކާއި ދިވެހި ސަރުކާރުން ގުޅުން ކަނޑާލި ޤަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެކެވެ.

ދިވެހި ސަރުކާރުގެ އަމާޒު އެހެރީ ލިބޭތާ ލިބިގަނެ، ނުލިބޭތާ ޖަހައިގަންނަ އުޞޫލުންނެވެ. ހަކުރު ދެންޏާ ބޮޑު ބޭބެ އުޞޫލުންނެވެ. ފެންކައްކާ ބޮލީގެ އިއްޒަތް ދިވެހި ރައްޔިތުންނަށާއި ބޭރު ޤައުމުތަކަށްވެސް އެދަނީ އަރުވަމުންނެވެ. މިއިން ކޮންމެ ކަމަކުން ފެނިގެންދަނީ ސަރުކާރުގެ ދޯހަޅިކަމެވެ. ތާކުންކުރެ ތާކުޖެހޭ ސިޔާސަތެއް ނެތްކަމެވެ. އެއްކޮޅުން އިސްލާމް ދީނޭ ޤައުމިއްޔަތޭ ކިޔާއިރު، އަނެއްކޮޅުިން އެދަނީ އިސްލާމީ ޤައުމުތަކާއި ގުޅުން ކަނޑައި، ޤައުމުގެ އިސްތިޤްލާލު ނީލަން ކިޔަމުންނެވެ. އިންތިޚާބެއް ބޯމަތީގައި އޮތް އިރު، މިއީ ރައްޔިތުން ވިސްނާލުން ރަނގަޅު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hike

4 މަސް ކުރިން

Qatar habeys

0
1