23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިންޑިއާ ސަރުކާރު

އިންޑިއާ ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ކޮންގްރެސް ޕާޓީއަށް ބަހުސްކުރަން އެންމެ 38 މިނެޓް!

  • ކޮންގްރެސްއަށް 38 މިނެޓް
  • ސަރުކާރަށް ދިފާއުގައި ވާހަކަ ދައްކަން 3.5 ގަޑިއިރު
މިއުވާން މުހައްމަދު | Miuvaan

| 20 ޖުލައި 2018 | ހުކުރު 13:18 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ބަހުސް ކުރިއަށްދަނީ ޤާނޫނު ހަދާ މަޖިލިސް ލޮކް ސަބާގައި -- ރޮއިޓަރސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ވައްދައި، ބަހުސް ކުރާނެ ވަގުތު ކަނޑައެޅި އިރު ލިބުނު ވަގުތު މަދުވެގެން ކޮންގްރެސް ޕާޓީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ދިފާޢުގައި ވާހަކަ ދެއްކުމަށް ބަހުސްގެ މަރުހަލާގައި ތިން ގަޑިއިރާއި 30 މިނެޓް ކަނޑައަޅާފައިވާއިރު، އިދިކޮޅު ކޮންގްރެސް ޕާޓީއަށް 38 މިނެޓް އަދި ޓީޑީޕީއަށް 13 މިނެޓް ދިނުމަށް ވަނީ ނިންމާފައެވެ.

މޯދީގެ ސަރުކާރުގެ ސިޔާސަތުތަކާއި މިހާތަނަށް ސަރުކާރު ހިންގާފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ފަރާތްތަކުން ވެއްދި މައްސަލައިގައި ބަހުސް ކުރަން ލިބުނު ވަގުތު ކުޑަވުމާ ގުޅިގެން ކޮންގްރެސް ޕާޓީ އިން ބުނީ މިއީ ސުވާލާއި ޖަވާބުގެ ސެޝަނެއް ނޫން ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރާހުލް ގާންދީ ވަނީ ބޮޑުވަޒީރު މޯދީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ވަޒީރުންނަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މޯދީ ޕްރޮމޯޓްކޮށް، މާކެޓްކުރުމަށް އިންޑިއާ ސަރުކާރުން ކުރާ ޚަރަދު އެންމެންނަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަސްކަރީ މަތިންދާބޯޓު ހޯދުމަށް ފަރަންސޭސީ ސަރުކާރާ އެކު ސިއްރު އެއްބަސްވުމެއް އެބަ އޮތް ކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ނިރްމަލާ ސިތަރަމަން ވިދާޅުވެފައިވި ނަމަވެސް، އެމައްސަލައިގައި ފަރަންސޭސީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުން ރާހުލްގެ އަރިހު އެފަދަ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ފަރަންސޭސީ ސަރުކާރުން ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މޯދީގެ ސަރުކާރުން 20 މިލިއަން ވަޒީފާ އުފައްދާނެކަމަށް ވައުދުވި ނަމަވެސް، އަދި މިހާތަނަށް އުފެއްދުނީ އެންމެ ހަތަރު ލައްކަ ވަޒީފާކަން ރާހުލް ފާހަގަކުރެއްވިއެވެ.

ބީޖޭޕީ އިން ސިފަކުރަނީ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިދިކޮޅު ފަރާތްތައް މާޔޫސްވެގެން މަޖިލީހަށް ވެއްދި މައްސަލައެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް