22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

  • ފައިސަލްއަކީ ވާ ވައުދު ފުއްދާ މީހެއް
  • ފައިސަލް ވަނީ އަގުހުރި ޙިދުމަތްތަކެއް ކާށިދޫ ދާއިރާ ކޮށްދެއްވާފައި
  • ކާށިދޫ ދައިރާގެ އުންމީދަކީ ފައިސަލް
މުހަންމަދު ވިސާމް | sampathmasiw

| 20 ޖުލައި 2018 | ހުކުރު 13:08 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ފައިސަލް ފުވައްމުލަކަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

އެރަށުގެ ގިނަ މީހުން ސިފަ ކުރާ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމަކީ ވަރަށް ތަފާތު ބޭފުޅެކެވެ. އެއީ އިބޫގެ ރަނިންގ މޭޓަށް ވީމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބަހައްޓަވާ ގާތްގުޅުމުނެވެ. ކާށިދޫ އަދި ގާފަރުގެ ރައްޔިތުން ދެކޭ ގޮތުގައި ފައިސަލްއަކީ އެހެން ސިޔާސީ ބޭފުޅުންނާ މުޅިން ތަފާތު ބޭފުޅެކެވެ. އެމަނިކުފާނަކީ އިޖްތިމާއީ ޙިދުމަތްތެރިއެކެވެ.

ރަނިންގ މޭޓް ކަމަށް ފައިސަލް ކަނޑައެޅުމަކީ ކާށިދޫ ދާއިރާގެ ރައްޔިތުންނަން ލިބުނު ނުހަނު ބޮޑު އުފަލެކެވެ. ފައިސަލް ކާށިދޫ އަށް ވަޑައިގެންނެމުން އެރަށުގެ ރައްޔިތުން ފައިސަލް އަށް ކީ ޙޫނު މަރުޙަބާއިން އެކަން ސާފުވެއެވެ. އެ ރައްޔިތުންގެ މޫނު މަތިން ފެނުނު އުފާވެރި މަންޒަރުން ހާމަވަނީ މިއަދު ދިވެހި ރާއްޖޭގައި މިއޮތް ހާލަތު ނިންމުމަކަށް ގެނެއުމަށް ލިބުނު އުންމީދަކީ އީބޫ އާއި ފައިސަލް ކަމެވެ.

ފައިސަލް ކާށިދޫގައި ދޮރުން ދޮރަށް ހިންގަވަނީ

"ފައިސަލް ރަނިންގ މޭޓަކަށް ކަނޑައެޅުމުން ވަރަށް ހިތްހަމަޖެހުނު، އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ހަމަ ޔަގީނުން ވެސް ފައިސަލް މިދާއިރާއަށް ހާއްސަ ސަމާލުކަމެއް ދޭނެ، މިދާއިރާ އަށް އިތުރަށް ކުރިއެރުން ލިބޭނެ،" ކާށިދޫ ޒުވާނަކު ބުންޏެއެވެ.

ހުކުރު ދުވަހު ފައިސަލް ކާށިދޫ ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަން ހިންގެވިއެވެ. ކޮންމެ ރައްޔިތަކީ އޭނާގެ އެކުވެރިއެކެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވި އިރު ފައިސަލް އާއި ދާއިރާގެ ރައްޔިތުންނާ އޮތް ގުޅުމަކީ އަދާޔާ ހިލާފު ގާތް ގުޅުމެއް ކަން ހާމަވެގެން ދިޔައެވެ. ކޮންމެ މީހަކީ ވެސް ފައިސަލް ދަންނަ މީހަކެވެ.

ފައިސަލް މެމްބަރުކަމުގައި ކާށިދޫ ދާއިރާއަށް ވަނީ އަގުހުރި ޙިދުމަތްތަކެއް ކުރައްވާފައެވެ. އެކަން މި ވޯޓުން އެނގިގެންދާނެ ކަމަށް ކާށިދޫގެ ރައްޔިތުން ބުންޏެއެވެ. ގާފަރާއި ކާށިދޫގެ ތައުލީމީ ދާއިރާ ޙަރުދާނާ ކުރުމުގެ ގޮތުން ފައިސަލް ވަނީ ގްރޭޑް 10 ގެ ކްލާސް ރޫމްތައް ޑިޖިޓަލް ކުރައްވާފައެވެ. ޕްރީސްކޫލުގެ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ސްކޫލުތަކުގެ އަހަރީ ޖަލްސާއަށް ވެސް ފައިސަލްގެ އެހީތެރިކަން ލިބެއެވެ. އަދި ސިއްހީ ދާއިރާ ޙަރުދަނާ ކުރުމަށް ސްކޭން މެޝިނާއި، ގޮނޑި އާއި މޭޒު އަދި އެނދު ފަދަ ތަކެތި ވެސް ހަދިޔާ ކުރެއްވިއެވެ. މިއީ އެރަށުން ވާހަކަ ދެއްކި ކޮންމެ މީހަކު ވެސް ހެކިދޭ ކަމެކެވެ.

 ކާށިދޫގައި ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން

ފައިސަލް ހުކުރު ދުވަހު ކާށިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ކަމަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނަން ތާއިދުކޮށް އިންތިހާބުކުރެއްވުމުން ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ކާށިދޫއަށް ވަޑައިގެންވުމުން މަރުޙަބާ ދަންވަނީ

"އަޅުގަނޑުގެ ފުރަތަމަ ދަތުރުގައި ކާށިދޫގައި ތިޔަ ބޭފުޅުންނާ ބައްދަލުވި ދުވަހު އަޅުގަނޑު ފުރަތަމަ ވެސް ދެންނެވި ގޮތަށް، އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ މުޅި މުޖުތަމައުގެ މައްސަލަހަތަށް. މުޅި މުޖުތަމަގެ ކުރިއެރުމަށް" ބަނދަރު މަތީގައި ހުންނަވައި ކާށިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

އެދާއިރާގެ ރައްޔިތުން ބުނާ ގޮތުގައި ފައިސަލަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެކެވެ. އަދި ޕާޓީ ބަދަލުނުކުރައްވައި، އިންތިހާބުވުމުގެ ކުރިން ވެވަޑައިގެންނެވި ވައުދު ފުއްދަވާފި ކަމަށް ވެސް އެމީހުން ބުންޏެވެ. އެހެންކަމުން އިބޫ އަށް ލިބިވަޑައިގަންނާވެނެ އެންމެ ވަފާތެރި ރަނިންގ މޭޓަކީ ވެސް ފައިސަލް ކަމަށް މިކަން ކަމުން ދޭހަކޮށްދޭ ކަމަށް އެ މީހުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް