22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ބޮލީވުޑް

ފަންނޭ ޚާންގެ އައްޗޭ ދިން ރިލީޒް ކޮށްފި

  • މީގެ ކުރިން ވަނީ މި ފިލްމްގެ ދެ ލަވައެއް ރިލީޒް ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ޖުލައި 2018 | ހުކުރު 12:03 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ފަންނޭ ޚާންގެ ޕޯސްޓަރު -- ގެޓީ އިމޭޖާސް

ލީޑް ރޯލުން އަނިލް ކަޕޫރާއި އައިޝްވަރިޔާ ރާއީގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެން ދާ "ފަންނޭ ޚާން"ގެ ލަވައެއް ކަމަށްވާ "އައްޗޭ ދިން" ރިލީޒް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ލަވަ ރިލީޒް ކޮށްފައިވާއިރު މީގެ ކުރިން ވަނީ މި ފިލްމްގެ ދެ ލަވައެއް ރިލީޒް ކޮށްފައެވެ. އެ ދެ ލަވައިގައި ވެސް ފެނިގެން ގޮސްފައި ވަނީ މި ފިލްމުގައި އިންޑިއާގެ ޕޮޕްސްޓާރ އެއްގެ ރޯލުން ފެނިގެންދާ އައިޝްވަރިޔާ ރާއީއެވެ. ނަމަވެސް "އައްޗޭ ދިން" ގައި ދައްކުވައި ދެނީ ގޮތް ހުސްވެފައިވާ ބައްޕައެއްގެ ރޯލުން ފެނިގެންދާ އަނިލް ކަޕޫރެވެ.

އިރްޝާދު ކާމިލް ޅެން ހަދާފައިވާ މި ލަވައިގެ މިއުޒިކް އަދި މި ވަލަ ކިޔާފައި ވަނީ އަމްރިތް ތްރިވެދީއެވެ.

މި ފިލްމުން ކުރިން ރިލީޒް ކޮށްފައިވާ ދެ ލަވަ ކަމަށްވާ "މޮހައްބަތު" އަދި "ހަލްކާ ހަލްކާ" އަކީ ކުރީގެ މަޝްހޫރު ދެ ލަވަ ކަމަށްވާ 1946 ވަނަ އަހަރު ރިލީޒް ކުރި "އަންމޯލް ގާދީ" ގެ "ޖަވާން ހޭ މޮހައްބަތު" އަދި އުސްތާޒް ނަސްރަތު ފަތޭރި އަލީ ޚާންގެ "ޔޭ ޖޯ ހަލްކަ ހަލްކާ ސުރޫރު ހެއި" އެވެ.

ރާކޭޝް އޯމްކާރާ މެހެރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ބައްޕައަކު އޭނާގެ ދަރިފުޅު ކާމިޔާބު ލަވަކިޔުންތެރިއަކަށް ހެދުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށެވެ.

"ފަންނޭ ޚާން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް