12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ކެޓަލޯނިއާ މައްސަަލަ

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ހައްޔަރުކުމުގެ އަމުރު ސްޕޭނުން ބާތިލްކޮށްފި

 • ހައްޔަރު ކުރުމުގެ އަމުރު ބާތިލް ކޮށްފައި ވަނީ ސުޕްރީމް ކޯޓުން
 • ޕުއިޖެމޮންޓުގެ ގާތް ރަހްމަތްތެރިން ދޫކޮށްލުމަށް ވަނީ އަމުރު ކޮށްފައި
 • ކެޓެލޯނިއާ މިނިވަންކުރުމަށް އިސްކޮށް އުޅުއްވީ ޕުއިޖެމޮންޓް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 20 ޖުލައި 2018 | ހުކުރު 07:13 | |

މަގުބޫލް

 1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
 5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
 6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
 8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް -- ގޫގުލް

ސްޕޭންގެ ސަރަހައްދެއްކަމަށްވާ ކެޓަލޯނިއާގެ މިނިވަންކަން މިދިޔަ އަހަރު އިއުލާން ކުރެއްވި ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކުރަން ނެރުނު އަމުރު ސްޕެއިންގެ ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

ޕުއިޖެމޮންޓާ އެކު ކެޓަލޯނިއާގެ މިނިވަންކަމުގެ މަސައްކަތުގައި އިސްކޮށް އުޅުނު އިތުރު ފަސް ފަރާތެއް ހައްޔަރުކުރުމުގެ އަމުރުވެސް ވަނީ ބާޠިލްކޮށްފައެވެ. ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގައި ވެސް އިސް ދައުރެއް އަދާކުރި އެ ބޭފުޅުން ވަނީ ސްޕެއިން އިން ހަރުކަށި ފިޔަވަޅު އަޅާފާނެ ކަމުގެ ބިރަށް ދިރިއުޅުން ގައުމުން ބޭރަށް ބަދަލު ކޮށްފައެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމަކީ ގައުމަށް ވެވުނު ބޮޑު ޚިޔާނާތެއް ކަމަށް ސްޕޭނުގެ މައި ސަރުކާރުން ސިފަކުރާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކަން ކުރުމަށް އެންމެ އިސްކޮށް ހުންނެވީ ޕުއިޖެމޮންޓް އެވެ. އޭނާ ވެސް ވަނީ ސްޕެއިން އަޅާފާނެ ފިޔަވަޅަކަށް ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. ޕުއިޖެމޮންޓް ދިރިއުޅުން ބަދަލުކުރައްވާފައި ވަނީ ސިޔާސީ ހިމާޔާތުގެ ލިބިވަޑައިގެން، ބެލްޖިއަމްއަށެވެ.

އެހެން ނަމަވެސް މި އަހަރު މާޗު މަހު ޑެންމާކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެއްގަމު މަގުން އެނބުރި ބެލްޖިއަމްއަށް ވަޑައިގަންނަވަނިކޮށް ޖަރުމަނުގެ އުތުރު ހިސާބަކުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ޖަރުމަނުގެ ކޯޓަކުން އޭނާ ވަނީ ސްޕެއިންއާ ހަވާލު ކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު ނެރެން އެ ކޯޓުން ނިންމީ ސްޕެއިންއިން ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރަށް ރިޔާއަތްކުރުމަށްފަހުއެވެ. ސްޕެއިން އިން އޭނާ ހައްޔަރު ކުރަން އަމުރު ނެރުނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެއެވެ. އަދި އެ އަމުރުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރި ވާހަކައެއް ހިމެނިފައެއް ވެސް ނުވެއެވެ.

ސްޕެއިންގެ ކިބައިން ކެޓެލޯނިއާ ވަކިކޮށް މިނިވަން ދައުލަތަކަށް ހެދުމަށް ކުރެވުނު މަސައްކަތާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން، ކެޓެލޯނިއާ ސަރަހައްދީ ސަރުކާރުގެ 13 ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. އޭގެ ތެރެއިން 9 ބޭފުޅަކު ސްޕެއިންގެ ޖަލަށް ލާފައިވާއިރު ބައެއް ބޭފުޅުން ގައުމުން ބޭރުގައި ތިއްބެވުމުގެ ސަބަބުން ހައްޔަރު ކުރެވޭގޮތެއް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް