16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޓްރާންސްފާ މާކެޓް

އޮބްލަކް ހޯދަން އެއްވެސް ހުށަހެޅުމެއް ނާދޭ

  • އޭނާއަކީ ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާގެ އެންމެ މޮޅު ގޯލްކީޕަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖުލައި 2018 | ބުރާސްފަތި 21:19 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އެޓްލެޓިކޯ މެޑްރިޑްގެ ކީޕަރު ޔަން އޮބްލަކް -- ގެޓީ އިމޭޖާސް

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލަކް ހޯދުމަށް މިހާތަނަށް އެއްވެސް ހުށަހެޅުމެއް އައިސްފައިނުވާ ކަމަށް އެކްލަބުން ބުނެފިއެވެ. 

މި ޓްރާންސްފާ މާކެޓުގައި އެކި ކްލަބްތަކުން ދަނީ ކީޕަރުން ހޯދުމަށް ބޮޑު އަދަދަތަކެއް ހުށަހަޅަމުންނެވެ. އެގޮތުން ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއަކަށް ލިވަޕޫލުން ވަނީ ބްރެޒިލްގެ ކީޕަރު އެލިސަން އެޓީމަށް ގެނައުމަށް ނިންމާފައެވެ. ލިވަޕޫލްގެ އިތުރުން ޗެލްސީ އަދި ރެއާލް މެޑްރިޑުން ވެސް އަންނަނީ ކީޕަރެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ދުނިޔޭގައި ތިބި އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އޮބްލަކް ހިމެނޭއިރު މިކަމުގެ ސަބަބުން އޭނާ ހޯދުމަށް ބޮޑު އަދަދުތަކެއް އަންނާނެ ކަމަށް އެޓްލެޓިކޯ އިން ގަބޫލުކުރެއެވެ. 

އެޓްލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އޮބްލަކްގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ޔޫރޯއެވެ. އޮބްލަކްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެޓްލެޓިކޯގެ ރައީސް އެންރިކޭ ސެރޭޒޯ ބުނީ އޭނާ ހޯދުމަށް އެއްވެސް ޓީމަކުން މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. ކުރިޔަށް އޮތް އަހަރުތަކުގައި ވެސް އޭނާ އެޓްލެޓިކޯގެ ޓީމުގައި ދެމިހުންނާނެ ކަމަށާއި އޭނާއަކީ އެޓީމުގައި ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކުޅުންތެރިއެއް ކަމަށް އޭނާ ބުނެފައި ވެއެވެ. 

ސެރޭޒޯ ވަނީ އިތުރު ކުޅުންތެރިތަކެއް އެޓީމަށް ގެންނާނެ ކަމަށް ވެސް ބުނެފައެވެ. އެގޮތުން ސްކޮޑް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ. 

އެޓްލެޓިކޯ އިން ވަނީ އަންނަ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމަރ އަދި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ވެސް އެޓީމަށް ގެނެސްފައެވެ. 

އެޓްލެޓިކޯއަށް 2014 ވަނަ އަހަރު ބަދަލުވެ އޮބްލަކް ވަނީ އެޓީމަށް 157 މެޗު ކުޅެދީފައެވެ. އޭނާއަކީ ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާގެ އެންމެ މޮޅު ގޯލްކީޕަރެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް