17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޓްރާންސްފާ މާކެޓް

ސައްރީ ބޭނުންވަނީ ހަޒާޑް ޗެލްސީގައި މަޑުކުރަން

  • ރެއާލް މެޑްރިޑާއި ބާސެލޯނާއިން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖުލައި 2018 | ބުރާސްފަތި 21:01 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް -- ގެޓީ އިމޭޖާސް

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށް އެޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވި މައުރީޒިއޯ ސައްރީ ބުނެފިއެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި ހަޒާޑް ވަނީ އަންނަ ސީޒަނުގައި އައު ޓީމަކުން ފެނިދާނެ ފަދަ އިޝާރާތެއް ދީފައެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާއިން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު ހަޒާޑް ބުނެފައިވަނީ މިއީ ކެރިއަރުގައި އެހެން ދިމާލަކަށް މިސްރާބު ޖަހަން ޖެހޭ ދަނޑިވަޅު ކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައްރީ ބުނީ ހަޒާޑްއަކީ ޔޫރަޕުގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށެވެ. އޭނާއަކީ ވަރަށް މަތީ ފަންތީގެ ކުޅުންތެރިޔެއް ކަމަށާއި ބޭނުންވަނީ އޭނާއަށް ކޯޗުކަން ކޮށްދީ އޭނާގެ ފެންވަރު އަދިވެސް މަތިކުރަން ކަމަށެވެ. 

އުމުރުން 59 އަހަރުގެ ސައްރީ ބުނީ ހަޒާޑްއާއި ބައްދަލުކުރަން ބޭނުންވާ ކަމަށާއި އޭނާ ޗެލްސީގައި މަޑުކޮށްފިނަމަ އަންނަ ސީޒަނުގައި ޗެލްސީއަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ ފޯނު ކޯލަކުން އެއްވެސް ކުޅުންތެރިޔެއްގެ ކަންކަން ނުނިންމާނެ ކަމަށާއި ޓްރެއިނިންގައި ކުޅުންތެރިން ބައިވެރިނުވަނީސް އެއްވެސް ކުޅުންތެރިޔެއް ވިއްކާލުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށެވެ. 

ހަޒާޑް ވަނީ ޗެލްސީއަށް ކުޅުނު 300 މެޗުގައި އެޓީމަށް 89 ލަނޑު ޖަހައިދީފައެވެ. އޭނާވަނީ އެޓީމާއެކު ދެ ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގެއް ހޯދައި ޔުއެފާ ޔުރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް