20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ފްރާންސްގެ ގައުމީ ޓީމު

ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ

  • ފްރާންސްއަކީ އެންމެފަހުގެ ވާރލްޑް ކަޕްގެ ޗެމްޕިއަނުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖުލައި 2018 | ބުރާސްފަތި 20:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ޒައިނުއްދީން ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މެއި މަހުގެ ތެރޭގައި -- އޭޕީ

ރެެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލެގްރެޓް ވިދާޅުވެއްޖެއެވެ. 

ޖެހިޖެހިގެން ތިން ފަހަރު ރެއާލްއަށް ތިން ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު ޒިދާން ރެއާލްގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ރެއާލް މެޑްރިޑާއެކު އެތަކެއް ކާމިޔާބުތަކެއް ޒިދާން ހޯދިއިރު އެކަމުގެ ސަބަބުން އޭނާ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން ދެމިހުންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އޭނާ ވަނީ ތިންވަނަ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު އައު ކޯޗަކަށް ފުރުސަތު ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދީފައެވެ. މިކަމުގެ ސަބަބުން އޭނާ ފްރާންސްގެ ގައުމީ ޓީމުން ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. 

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ މިހާރުގެ ކޯޗު ޑިޑިއާ ޑެޝޭމްޕްސްއާއެކު ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އޭނާ 2020 ވަނަ އަހަރުގެ ނިޔަލަށް އެމަގާމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ޑެޝޭމްޕްސްއަކީ ވަރަށް މަސައްކަތްކުރާ މީހެއް ކަމަށާއި އިދިކޮޅުން ކުޅޭ ޓީމުތައް ވަރަށް ރަނގަޅަށް އޭނާ ދަސްކުރާ ކަމަށެވެ. ބައެއް ފަހަރު ނަސީބުގެ އެހީތެރިކަން ވެސް ލިބެން ޖެހޭ ކަމަށާއި އެހެންކަމުން 2020 ވަނަ އަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ވެސް ފްރާންސަށް އިރުޝާދު ދޭނީ އޭނާ ކަމަށް ލެގްރެޓް ވިދާޅުވިއެވެ.

ޒިދާންއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާ ވިދާޅުވީ އޭނާއަށް ގައުމީ ޓީމު ހަވާލު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށާއި 2020 ވަނަ އަހަރުގެ ޔޫރޯއަށްފަހު ބަދަލެެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

ޒިދާން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ފްރާންސްގެ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ޒިދާން ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމަށް ޖުމްލަ ނުވަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ. ޒިދާންއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް