14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ކެރެލާގައި ފެން ބޮޑުވުން

ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ

  • ބައެއް އަވަށްތަކުގައި ފެންބޮޑުވެ ކިސަޑު ފޭބުމުގެ ހާދިސާތައް ވަނީ ހިނގާފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 ޖުލައި 2018 | ބުރާސްފަތި 20:33 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ވެލެޒިނީ ހައްޔަރު ކޮށްފި


ކެރެލާގެ ގޮނޑުދޮށް: ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައި -- ގެޓީ އިމޭޖާސް

އިންޑިއާގެ ކެރެލާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 16 މީހަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެރެލާގެ އަވަށްތައް ކަމަށްވާ ކޮއްޓަޔަމް، އަލަޕޫޒާ އަދި އިޑުއްކިއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

ޚަބަރުތައް ބުނާ ގޮތުގައި މީހުން މަރުވީ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ކިސަޑު ފޭބުމާ ގުޅިގެންނެވެ.

ކެރެލާގެ އަވަށްތަކުގައި ދިރިއުޅޭ 10،000 އެއްހާ މީހުން ހިކިފަސް ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އިން ބުނެއެވެ. އެ ފޯސް އިން ބުނީ އެ ހިސާބުން މީހުން ރިލީފް ކޭމްޕްތަކަށް ބަދަލުކުރުމުގައި އިސްކަން ދެނީ މުސްކުޅިންނާއި ބަލިމީހުންނަށް ކަމަށެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރައިގައި އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު މިއީ ފާއިތުވެދިޔަ ފަސްއަހަރާ އަޅާބަލާއިރު ކެރެލާގައި މިއަހަރު ވަނީ 18 ޕަސެންޓަށް ވުރެ އިތުރަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރިލީފް ކޭމްޕްތައް ވެސް ވަނީ ޖަހާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސްދުވަހުގެ ތެރޭގައި ވެސް ކެރެލާއަށް ބޯކޮށް ވާރޭ ވެހޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް