16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މޭގަން މާކްލް

ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ

  • މީގެ ކުރިންވެސް ވަނީ މޭގަންއާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 ޖުލައި 2018 | ބުރާސްފަތި 19:56 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކވ. ސަމަންތާ، ތޯމަސް، މޭގަން. -- ޓީއެމްޒީ

ބައްޕަ މަރުވެއްޖެނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ އޭނާގެ އެއްބަފާ އަންހެން ކޮއްކޮ އަދި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް ކަމަށް ސަމަންތާ މާކްލް ބުނެފިއެވެ.

ސަމަންތާ ބުނީ އޭނާގެ ބައްޕަ ތޯމަސް، މޭގަން ދެކެ އެހާ ލޯބިވުން އެއީ ލަދު ގަންނަންޖެހޭ ކަމެއް ނޫންކަމަށެވެ. ލަދު ގަންނަން ޖެހޭނީ ޝާހީ އާއިލާއިން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ޝާހީ އާއިލާއިން ލަދުގަންނަން ޖެހެނީ ކީއްވެކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

މޭގަން އާއި މާބޮޑު ގުޅުމެއް ނޯންނަ އެއްބަފާ ބޭބެ ތޯމަސް ޖޫނިއަރ އަދި އެއްބަފާ ދައްތަ ސަމަންތާ މީގެ ކުރިންވެސް ވަނީ މޭގަންއާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފައެވެ. މިވާހަކަތައް އެންމެ ގަދައަށް ދެކެވުނީ ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަންނަން އުޅުނު ދުވަސްވަރުގައެވެ. ތޯމަސް ޖޫނިއަރ ވަނީ ޝާހީ ކައިވެނި ހުއްޓާލަން އެދޭ ކަމަށާއި މޭގަންއާ ކައިވެނި ނުކުރުމަށް ހެރީގެ ކިބައިން އެދޭކަމަށް ބުނެ ހެރީއަށް ސިޓީވެސް ފޮނުވާފައެވެ. އޭނާ ވަނީ ފަހުން މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސަމަންތާއާއި ތޯމަސް ޖޫނިއަރއަށް ޝާހީ ކައިވެންޏަށް ދައުވަތު ދީފައެއް ނުވެއެވެ.

މޭގަންގެ ބައްޕަ ތޯމަސް މާކަލްއަށް ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވުނީ ހާޓްއެޓޭކެއް ޖެހި ހިތުގެ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެންނެވެ. އެކައިވެނީގެ ހަފްލާގައި މޭގަންގެ މަންމަ ބައިވެރިވިއެވެ. ޓީއެމްޒީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޭގަންގެ ބައްޕަ މިހާރު  އުޅެނީ ބަލިވެ ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ސަމަންތާ، މޭގަންއާ ބެހޭގޮތުން ދައްކާ ވާހަކަތަކަކީ ޒާތީވެގެން ދައްކާ ވާހަކަ ތަކެއްކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް