24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ހޮހަޅައިގައި ތާށިވި ކުދިން

ހޮހަޅައިން ސަލާމަތް ކުރި ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި

  • ހޮހޮޅައަށް އެ ކުދިން ގެއްލުނީ އެ ތަނުން އެއްކުއްޖެއްގެ 17 ވަނަ އުފަން ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 ޖުލައި 2018 | ބުރާސްފަތި 18:53 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ހޮހަޅައިން ކުދިންނާއި ކޯޗު ސަލާމަތް ކުރަނީ. އެކުދިން ހޮހަޅައިން ނެރުމަށް ފަހު ގެންދިޔައީ ހޮސްޕިޓަލަށް -- ބީބީސީ

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައިވާ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ޓީމުގެ އެސިސްޓެންޓް ކޯޗު ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލިއިރު އެންމެންގެވެސް ހާލު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ތައިލެންޑްގެ އުތުރުގެ ރަށެއް ކަމަށްވާ ޗިއަންގް ރާއީގެ ޚުން ނަމް ނަންގް ނޮން ފޮރެސްޓް ޕާކްގައި ހުންނަ "ތަމް ލުއަންގް" ނަމަކަށްކިޔާ ހޮހަޅައަށް ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިމަހުގެ 9 ވަނަ ދުވަހު އެކުދިން ފެނިފައި ވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހޮޅަތެރޭގައި ހައިކްކުރަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހޮޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހޮޅައަށް ދަމައިގަތުމުންނެވެ. އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. ހޮހޮޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހުއެވެ.އެ ހޮހަޅައަށް އެކުދިން ވަނީ ޕްރެކްޓިސް ނިންމާފައި ދަމުން އެކުއްޖާގެ އުފަންދުވަސް ފާހަގަކުރަން ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް