13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ފްލައިޓް ކެންސަލް ކުރުން

ރަޔަން އެއަރލައިންގެ ކެބިން ކުރޫންގެ މުޒާހަރާއާ ގުޅިގެން 600 ފްލައިޓް ކެންސަލް ކުރަނީ

  • މުޒާހަރާ ކުރަން ނިންމާފައިވަނީ ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިން
  • މުޒާހަރަ ކުރަމުންދަނީ ލިބޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ
ސިމާހާ ނަސީމް | sim_kamana

| 19 ޖުލައި 2018 | ބުރާސްފަތި 18:07 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ރަޔަން އެއަރލައިންގެ މުވައްޒަފުންތަކެއް -- ގެޓީ އިމޭޖާސް

ރަޔަން އެއަރލައިންގެ ކެބިން ކުރޫން މުޒާހަރާ ކުރުމާއި ގުޅިގެން އެ އެއަރލައިންގެ 600 ފްލައިޓް ކެންސަލް ކުރަން ނިންމައިފިއެވެ.

މުޒާހަރާ ކުރަން ނިންމާފައިވަނީ ކެބިން ކުރޫންނަކީ ބެލްޖިއަމް، ޕޯޗުގަލް އަދި ސްޕެއިންގައި ތިބި ކްރޫއިންނެވެ.   

ފްލައިޓްތައް ކެންސަލް ކުރަން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހު އެ ތިން ޤައުމުން ދަތުރު ކުރަން ނުވަތަ އެ ތިން ޤައުމަށް ދަތުރު ކުރަން ބުކިންގ ހައްދާފައިވާ ފަސިންޖަރުންގެއެވެ. މި މުޒާހަރާގެ ސަބަބުން ބުކިންގ ހައްދާފައިވާ 50,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އަސަރު ކުރާނެއެވެ.

ރަޔަން އެއަރލައިން އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ޓިކެޓްގެ ރީފަންޑް ބޭނުންވާ ފަސިންޖަރުންނަށް ރީފަންޑް ވެސް ލިބިގެންދާނެ ކަމަށް ރަޔަން އިން ބުނެއެވެ.

އެ އެއަރލައިންގެ ކެބިން ކުރޫން މުޒާހަރަ ކުރަމުންދަނީ ލިބޭ މުސާރަ ކުޑަވުމުންނާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެއެވެ.

ރަޔަން އެއަރލައިން އިން އެ ކުންފުނީގެ މުވައްޒަފުންގެ އެދުންތަކަށް އިޖާބައެއް ނުދޭއިރު އެ އެއަރލައިންގެ މާކެޓިންގް އޮފިސަރ ކެނީ ޖޭކޮބްސް ވިދާޅުވީ އެ މުޒާހަރާތަކުން ކުރާނެ ފައިދާއެއް ނެތް ކަމަށާއި މިއީ އެއްވެސް ސަބަބެއް އޮވެގެން ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި މުޒާހަރާތަކުގެ ސަބަބުން ފަސިންޖަރުންނަށް އަސަރު ކުރާނެ ކަމަށާއި މިކަމުން ފައިދާ ވާނީ ވާދަވެރި އެއަރލައިންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނީ ޖޭކޮބްސް އިތުރަށް ވިދާޅުވީ މިހާރު ވެސް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ލިބޭ ކަމަށާއި ކޮންމެ މަހަކު 14 ދުވަސް އޮފް ޑޭގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ކަމަށެވެ.

ޑަބްލިންގައި މަސައްކަތް ކުރާ ރަޔަން އެއަރލައިންގެ ޕައިލެޓުން ވެސް ދަނީ މުސާރަ އާއި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ މުޒާހަރާ ކުރުމަށް ތައްޔާރުވަމުންނެވެ.   

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުންނާނީ ހޭއަރާފަ

4 މަސް ކުރިން

ހުންނާނީ ހޭއަރާފަ

0
0