15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބަރބަރީ

ބަރބެރީ އިން 28 މިލިއަން ޕައުންޑަށްވުރެ ގިނަ މުދާ އަންދާލައިފި

  • ބަރބެރީގެ 500 އައުޓްލެޓް 50 އަށްވުރެ ގިނަ ޤައުމުތަކުގައި ހުރޭ
ސިމާހާ ނަސީމް | sim_kamana

| 19 ޖުލައި 2018 | ބުރާސްފަތި 17:17 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ަބަރބެރީ ކުންފުނީގެ އައުޓްލެޓެއް -- އާކައިވް

މަޝްހޫރު ބަރބެރީ ކުންފުނިން އެ ކުންފުނީގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމަށް ކަމަށް ބުނެ ނުވިކި ހުރި 28.6 މިލިއަން ފައުންޑަށްވުރެ ގިނަ މުދާ އަންދާލައިފިއެވެ.

އެ ކުންފުނިން އަންދާލާފައިވާ މުދާތަކުގެ ތެރޭގައި ނުވިކި ހުރި އެތައް ހެދުންތަކަކާއި ޒިނަތްތެރިވުމަށް ބޭނުންވާ ސާމާނުގެ އިތުރުން ސެންޓުތައް ހިމެނެއެވެ. މިއީ 2016 ވަނަ އަހަރާއި އަޅާބަލާއިރު 6 އިންސައްތައިގެ އިތުރު އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަޝްހޫރު ގިނަ ކުންފުނިތަކުން ބުނާ ގޮތުގައި ނުވިކި ހުންނަ މުދާތައް އަންދާލަނީ އެ އެއްޗެހި އަގު ހެޔޮކޮށް ވިއްކުމާއި އެ މުދާތައް އެހެން ފަރާތްތަކުން ވަގަށް ނެގިޔަ ނުދިނުމަށްޓަކައެވެ.

މި އަހަރުގެ މަރޗް މަހު 31 ވަނަ ދުވަހާއި ހަމައަށް ފައިނޭންޝަލް ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް ވަނީ 5 އިންސައްތައިގެ ކުރިއެރުމަކާއެކު 413 މިލިއަން ޕައުންޑްގެ ފައިދާ ލިބިފައެވެ.

ބަރބެރީ ކުންފުނިން މައިގަނޑު ގޮތެއްގައި އުފައްދަނީ ޓްރެންޗް ކޯޓުތަކާއި ފެޝަން އެކްސެސަރީސްއާ އަވިއަނުގެ އިތުރުން ސެންޓެވެ.

ބަރބެރީގެ 500 އައުޓްލެޓް 50 އަށްވުރެ ގިނަ ޤައުމުތަކުގައި ހުރެއެވެ. ބަރބެރީގެ އައުޓްލެޓްތައް ހުންނަ ބައެއް ޤައުމުތަކަކީ އޮސްޓްރޭލިއާ، އެމެރިކާ، މެލޭޝިއާ، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ގަތަރެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތުއްތުނާ

4 މަސް ކުރިން

ފަގީރުންނަށް ބަހާލަން ނުކެރުނު............. ދަހިވެތި ކަމުގައި.......

1
0