15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ތުރުކީ

ތުރުކީގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އެކަމަށް އީޔޫ އިން މަރުހަބާ ކިޔައިފި

  • ކުއްލިހާލަތު އިއުލާނުކުރީ ޖުލައި 2016 ގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 19 ޖުލައި 2018 | ބުރާސްފަތި 16:58 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން -- އާކައިވް

ތުރުކީ ގައި 2016 ގެ ޖުލައި 15 ގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން އެގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވާތީ އެކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، ބުރާސްފަތި ދުވަހު މަރުހަބާ ކިޔައިފިއެވެ.

އިޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގެރިނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "ތުރުކީ އިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ނިންމުމަކީ މަރުހަބާ ކިޔުން ހައްގު ފިޔަވަޅެއް ކަމަށެވެ." ބަޔާނުގައި އިތުރަށް ބުނީ ތުރުކީގެ އިދާރާތަކަށް ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީ އަދި ކުއްލި ނުރައްކަަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓައިފިނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކުން ކުރާނެ ޕޮޒިޓިވް އަސަރެއް ނޯންނާނެ ކަމަށެވެ.

ހާލަތު އުވާލި ނަމަވެސް ސަރުކާރުންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅި ބައެއް ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށް ގާނޫނެއް ފާސްކުރުމަށް ބަލަމުންނެވެ.

ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ދުވަހުއެވެ. ތުރުކީގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ބަޣާވާތްކުރަން އުޅުނު ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށް ކަަމަށެވެ. 

ތުރުކީއިން ހަތްފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެގައުމާއި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިންނާއި ނުލައި 250 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންއެވެ. އެ ތުހުމަތު އޭނާ ދޮގުކުރައްވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ މިދިޔަ މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ވެވަޑައިގެންނެވި ވައުދެކެވެ.

ޖޫން މަހުގެ 24ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި އޮރްދޮޣާނަކީ ރިޔާސީ ފުރިހަމަ ބާރުތަކާއިއެކު ތުރުކީގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް