16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މޯލްޑިވްސް ޝޯކޭސް

މޯލްޑިވްސް ޝޯކޭސްގެ މެއިން ސްޕޮންސަރއަކަށް އެލައިޑް އިންޝުއަރެންސް

  • އިވެންޓް އޮންނާނީ ޖުލައި މަހުގެ 26 އާއި 27 ވަނަ ދުވަހު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައި
  • ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެއަރލައިންސް
ސިމާހާ ނަސީމް | sim_kamana

| 19 ޖުލައި 2018 | ބުރާސްފަތި 16:47 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


މޯލްޑިވްސް ޝޯކޭސް -- ހައިރައިޒް ޕްރައިވެޓް ލިމިޓަޑް

ހައިރައިޒް ކުންފުންޏާއި މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ އިވެންޓް "މޯލްޑިވްސް ޝޯކޭސް"ގެ މެއިން ސްޕޮންސަރއަކަށް އެލައިޑް އިންޝުއަރެންސް ކުންފުނި ހަމަޖައްސައިފިއެވެ.

"މޯލްޑިވްސް ޝޯކޭސް" މި ޖުލައި މަހުގެ 26 އާއި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހައިރައިޒް ކުންފުނީގެ ފަރާތުން ބުނީ މި އިވެންޓަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ސްރީލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. މީގެ އިތުރުން އަތްތެރި މަސައްކަތް ކުރާ ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންނާއި ގެސްޓް ހައުސްތަކުގެ އިތުރުން ރިސޯޓުތައް ވެސް ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ލަކީޑްރޯއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އިވެންޓްގެ މެއިން ސްޕޮންސަރއަކަށް އެލައިޑް ހަމަޖައްސާފައިވާއިރު އޮފިޝަލް ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެއަރލައިންސްއެވެ.

ހައިރައިޒް ކުންފުނިން އިތުރަށް ބުނީ މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާއި ޝައުގުވެރިވާ ވިޔަފާރިތަކާއި ފަރާތްތަކުން 7980088 ނަންބަރަށް ގުޅައި، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް ހައިރައިޒުން ވަނީ އެދިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް