19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވުޑް

ދަޅަކްގެ ޚާއްސަ ސްކްރީނިންގ އެއް ދައްކާލައިފި

  • ޖާންވީގެ އާއިލާ ވަނީ އެފިލްމް ބެލުމަށް ގޮސްފައި
  • އިޝާންގެ ބޭބެ ޝާހިދު ކަޕޫރު ވެސް ފިލްމް ބެލި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 19 ޖުލައި 2018 | ބުރާސްފަތި 13:26 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ދަޅަކްގެ ޕޯސްޓަރު -- ގޫގުލް

ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ބޮލީވުޑަށް ތަޢާރަފް ވެގެންދާ ފިލްމް "ދަޅަކް" ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު އެ ފިލްމްގެ ޚާއްސަ ސްކްރީނިންއެއް  ބޮލީވުޑްގެ ފަންނާނުންނަށް ދައްކާލައިފިއެވެ.

މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޖާންވީގެ ބައްޕަ ބޯނީ ކަޕޫރާއި ކޮއްކޮ ހުޝީ ކަޕޫރު އަދި އެއްބަފާ ބޭބެ އަރުޖުން ކަޕޫރު މި ސްކްރީނިން އަށް ގޮސްފައި ވަނީ އެއްކޮށެވެ. ޖާންވީ ގޮސްފައި ވަނީ އޭނާގެ އެއްބަފާ ދައްތަ އަންޝުލާ ކަޕޫރާ އެކުގައެވެ.

މި ސްކްރީނަށް ދިޔަ އިތުރު ފަންނާނުންގެ ތެރޭގައި "ދަޅަކް" ގެ ޕްރޮޑިއުސަރ ކަރްނަ ޖޯހަރާއި، އިޝާންގެ އެއްބަނޑު ބޭބެ ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތް ހިމެނެއެވެ.

މީގެ އިތުރުން ވެސް ބޮލީވުޑްގެ ތަރިން ކަމަށްވާ ކާރްތިކް އާރްޔަން، މަލައިކާ އަރޯރާ، ކަރިޝްމާ ކަޕޫރު، މާދްރީ ޑިކްސިޓް، ރޭކާ، ސޯހާ އަލީ ޚާން، ކުނާލް ކެއިމޫ، ސޯނާކްޝީ ސިންހާ، ސާރާ އަލީ ހާން އަދި އިޝާން ކުރިން ކުޅެފައިވާ ފިލްމް "ބިޔޯޑް ދަ ކްލައުޑްސް" ގެބަތަލާ މަލާވިކާ މޮހަނަން ހިމެނެވެ.

ޝަޝާންކް ޚައިތަން ޑައިރެކްޓް ކޮށްފައިވާ "ދަޅަކް" މި ފިލްމަކީ މަރާތީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް