23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

ރައީސްގެ ދަތުރުފުޅު

ތޯރިގް ވިދާޅުވަނީ ކްރެޑިޓް ރޭޓިންގ ރަނގަޅު ކަމަށް، އެކަމުގެ ހަގީގަތް ދިމާ އިދިކޮޅު!

  • މޫޑީސް އިން ދީފައި ވަނީ ބީޓޫއެއް
  • މިއީ އިންވެސްޓް ކުރުމަށް ރަގަޅު ރޭޓީންގއެއް ނޫން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 ޖުލައި 2018 | ބުރާސްފަތި 12:45 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


މިނިސްޓަރ ތޯރިގް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ރާއްޖޭގެ ވިޔަފާރި މާހައުލު ހުޅުވިފައިވާކަން މޫޑީސް އާއި ފިޗްގެ ރޭޓިންގތަކުން ވެސް ވަރަށް ބޮޑަށް އެންގިގެންދާ ކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ ނަރުދަމާ ނިޒާމުގެ ހިދުމަތްދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، އިގްތިސާދީ ގޮތުން ރައީސް ޔާމީން  ކުރައްވަމުން ގެންދަވާ ކަންކަމަކީ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.

"ރާއްޖޭގެ ވިޔަފާރި މާހައުލު ހުޅުވިފައި ހުރި ވާހަކަ ބޭރުގެ ރީސަރޗު ކުރާ ފަރާތްތަކުން ވެސް ވަނީ ވަކި ދަރަޖަތަކެއް ދީފައި. ފިޗް އިން މިވަނީ ބީ ޕްލަސްއެއް ދީފައި. މޫޑީސް އިން މިވަނީ ބީޓޫއެއް ދީފައި. ރެޓިންގ ކުންފުނިތަކުން އައިސް ގްރޭޑް ކުރުމަށް ހުޅުވާލާފައި ވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުން," ތޯރިގް ވިދާޅުވިއެވެ.

އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވެފައިވާ އިރު މޫޑީސްގެ ބީޓޫ ކްރެޑިޓް ރޭޑިންގް އިން އަންގައިދެނީ ރާއްޖެއަކީ އިންވެސްޓް ކުރުމަށް ބޮޑެތި ރިސްކުތަކެއް ކުރިމަތިވާނެ ގައުމެއް ކަމަށެވެ. އެހެން ކަމުން މިއީ އެއްވެސް ވަރަކަށް އިންވެސްޓަރުންނަށް އިންވެސްޓް ކުރުމަށް ފަހި މާހައުލެއްގެ ގޮތުގައެއް ސިފައެއް ނުކުރެވޭނެއެވެ. މިރޭޓީންގގައި ރާއްޖެއިން ނަގާ ލޯންތަކާއި ވިއްކާ ބޮންޑުތަކަށް ވެސް ބޮޑު އިންޓްރެސްޓް ރޭޓެއް ދައްކަންޖެހެއެވެ. ސަބަބަކީ އެފަރާތުން ދޭ ލޯނު ނަގަނީ ބޮޑު ކްރެޑިޓް ރިސްކެއް ހިމެނޭ ގައުމަކަށް ވުމުންނެވެ. އަދި ލޯނު ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހޯދުމަށް ވެސް ރާއްޖެއަށް މި ރޭޓިންގ އޮތުމުން އެއްވެސް ފަސޭހައެއް ނުވާނެއެވެ.

 

މޫޑީސްގެ ރޭޓިންގ ތަފްސީލު

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް