23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ފުޓުބޯޅަ

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

  • ވެލެންސިޔާ ވަނީ އެފްއޭކަޕް ކާމިޔާބުކޮށް އޭއެފްސީ ކަޕަށް ދަތުރުކޮށްފަ
  • ފުރަތަމަ ލެގުގައި ވެލެންސިޔާ ނުކުންނާނީ ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް
  • ދެވަނަ ލެގު ކުޅޭނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މާލޭގައި
ނާފިއު ރަޝީދު | NaphiuR

| 23 ޖެނުއަރީ 2017 | ހޯމަ 04:25 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  6. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  7. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
  8. އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި


ވެލެންސިޔާ އިން އެފްއޭކަޕްގެ ތަށި އުފުލާލަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށާއި އޭއެފްސީ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި އެވެ.

އެފްއޭއެމްގެ ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ވެލެންސިއާގެ ފަރިތަކުންތައް ފެށިއިރު، މިއަހަރު ވެސް އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކީޕަރު ޓްރެއިނަރު މުހައްމަދު އިގުބާލް އެވެ. އަދި އޭނާއާ އެކު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވެލެންސިއާގެ ފަރިތަކުންތައް ފެށިއިރު، މިމަހުގެ 31 ވަނަ ދުވަހު އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ރަށުން ބޭރުގައި ވެލެންސިއާ ކުޅޭނެ އެވެ. މި ދެޓީމް ބައްދަލުކުރާ ދެ ވަނަ ލެގުގެ މެޗް ކުޅޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު މާލޭގަ އެވެ. ވެލެންސިއާ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްގެންނެވެ.

ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމެއް ޕްލޭއޮފް ގައި ބައްދަލުކުރާނީ އިންޑިއާގެ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގައެވެ

މިއަހަރުގެ ސީޒަންގައި ވެލެންސިއާއާ ގުޅުނު ބައެއް ކުޅުންތެރިންނަކީ ބީޖީ އަށް މިދިޔަ އަހަރު ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހައްމަދު ތަސްނީމް (ތައްތި) އާއި ގޯލްކީޕަރު ތޮލާލް ހަސަން އާއި ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ވެސްޓް އަދި ނިއު އަށް މިދިޔަ ސީޒަންގައި ކުޅުނު މުހައްމަދު މުސްލިހު އެވެ

ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ހަސަން އަދުހަމް (ސަޑޭ) އަދި މުހައްމަދު އާރިފް (ބަކާ) ހިމެނެއެވެ

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް