18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ތުރުކީގެ ކުއްލި ހާލަތު

ތުރުކީގެ ކުއްލިހާލަތު އުވާލައިފި

  • ކުއްލިހާލަތު އިއުލާނުކުރީ ޖުލައި 2016 ގައި
  • ކުއްލިހާލަތު އުވާލުމަކީ އޮރްދޮޣާންގެ ރިޔާސީ ވައުދެއް
އަބުދުﷲ މުހައްމަދު | 8Abbo

| 19 ޖުލައި 2018 | ބުރާސްފަތި 09:30 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 20 ޖުލައި 2016 ގައި -- ފިޝަރީސް މިނިސްޓްރީ

ތުރުކީގައި މީގެ ދެ އަހަރު ކުރިން ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު އެ ގައުމުގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު ނިމުމަކަށް ގެނެސްފިއެވެ.

ހާލަތު އުވާލި ނަމަވެސް ސަރުކާރުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅި ބައެއް ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށް ގާނޫނެއް ފާސްކުރުމަށް ބަލަމުންނެވެ.

ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ދުވަހުއެވެ. ތުރުކީގެ ސަރުކާރުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ބަޣާވާތްކުރަން އުޅުނު ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށެވެ.

ތުރުކީއިން ހަތްފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެގައުމާއި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިން ނުލައި 250 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންއެވެ. އެ ތުހުމަތު އޭނާ ދޮގުކުރައްވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ މިދިޔަ މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވެވަޑައިގެންނެވި ވައުދެކެވެ.

ޖޫން މަހުގެ 24ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި އޮރްދޮޣާނަކީ ރިޔާސީ ފުރިހަމަ ބާރުތަކާއެކު ތުރުކީގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް