17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެފްއޭއެމް

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

  • ކުލަބް ލައިސަންސް ތައާރަފް ކުރާނީ އަންނަ އޭޕްރީލް މަހު
ނާފިއު ރަޝީދު | NaphiuR

| 23 ޖެނުއަރީ 2017 | ހޯމަ 04:16 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އުރީދޫ ދިވެހި ޕްރެމިއަ ލީގު ކާމިޔާބުކުރި ނިއު ރޭޑިއަންޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް، އަންނަ އޭޕްރީލް މަހު ތައާރަފު ކުރަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ. 

އެފްއޭއެމުން ބުނީ ކުލަބް ލައިސެންސްގެ ބޭސިކް ޝަރުތު ހަމަވާ ކުލަބުތަކަށް އޭޕްރީލް މަހު ލައިސަންސް ދޫކުރާނެ ކަމަށެވެ. 

ކުލަބް ލައިސަންސާ ބެހޭ ގޮތުން އޭއެފްސީގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ޓީމެއް މިއަންނަ މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މި ދިޔަ އަހަރުވެސް އޭއެފްސީގެ ޓީމެއް ރާއްޖެ އައިސް ކުލަބް ލައިސަންސް ދިނުމާ ބެހޭ ގޮތުން ކުލަބްތަކާ އެކު ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފަ އެވެ. 

ކުލަބް ލައިސަންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ކުލަބް ހިންގުމުގައި ރަނގަޅު މެނޭޖްމެންޓްގެ އޮނިގަނޑެއް އޮތުމާއި، ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި "އޭ" ލައިސަންސް ކޯޗުން ތިބުމުގެ އިތުރުން، މާލީ ރަނގަޅު އޮނިގަނޑެއް އޮތުމެވެ.
މީގެ އިތުރުން ޝަރުތު ހަމަ ނުވާ ކުލަބުތަކަށް، އެކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކުލަބުތަކަށްވެސް، އިތުރަށް ކަންކަން ހަރުދަނާ ކުރަން ފުރުސަތު އޮންނާނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ. 

ކުލަބް ލައިސަންސް ލިބުމުން ކުލަބްތައް ޕްރޮފެޝަނަލީ ހިންގުމަށް ދޮރު ހުޅުވިގެން ދާނެ އެވެ. އަދި ފުޓްބޯޅައިގެ ސްޓަރަކްޗާ އާއި މެނޭޖްމެންޓުވެސް ހަރުދަނާ ވުމަށް ބާރު އެޅިގެންދާނެ އެވެ. އަދި ކުލަބުތަކުގައި ވަކި ކްރައިޓީރިއާ ތަކެއް ފުރިހަމަ ވުމަކީ ފުޓްބޯޅަ އަށް ލިބޭނެ ކުރިއެރުމަކަށް ވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް