15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ކުޅިވަރު

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

  • އޭގެ ތެރޭގައި 1047 ފިރިހެނުންނާއި 221 އަންހެނުން ހިމެނޭ
ނާފިއު ރަޝީދު | NaphiuR

| 23 ޖެނުއަރީ 2017 | ހޯމަ 03:47 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


ޔޫތު އެކޮމޮޑޭޝަން ބްލޮކް މަރާމާތު ކުރަނީ -- ރާއްޖެއެމްވީ

މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުން ޖުމްލަ 1268 މީހުންނަށް ޖާގަ ދީފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

އެކޮމޮޑޭޝަން ބްލޮކަކީ އަތޮޅުތެރެއިން އެކި ކުޅިވަރުތައް ކުޅުމަށް އަންނަ ފަރާތްތައް ތިބުމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ގާއިމްކޮށްފައިވާ ތަނެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނީ، މިދިޔަ އަހަރުގެ ހިދުމަތް ހޯދި 1268 މީހުންގެ ތެރޭގައި ހިމެނެނީ 1047 ފިރިހެނުންނާއި 221 އަންހެނުން ކަމަށެވެ. މިހާރު ވެސް ބައެއް މީހުން އެތަނުގެ ހިދުމަތް ހޯދަމުންދާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެ އެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ބުނީ އެކޮމޮޑޭޝަން ބްލޮކްގައި ތިބުމުގެ އިންތިޒާމް އެ ވުޒާރާ އިން ހަމަޖައްސައިދެނީ ކުޅިވަރު އެސޯސިއޭޝަންތަކުން އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުތެރެއިން އަންނަ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމުގެ އިންތިޒާމް އެ ވުޒާރާ އިން ހަމަޖައްސައިދެ އެވެ.

މިދިޔަ އަހަރު ފެށި އެކޮމޮޑޭޝަން ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް އަދި ވެސް ދަނީ ކުރެވެމުންނެވެ. އެތަން މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެ އެވެ. އެކޮމޮޑޭޝަން ބްލޮކްއަކީ އެތަން ބޭނުންކުރާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނެގުމަކާނުލައި ހިލޭ ހިދުމަތް ދެމުންދާތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް