17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކޯޓްނީ ކާޑޭޝިން - ޔޫނިސް ބެންޖ

'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!

  • ކޯޓްނީއާއި ޔޫނިސް ރަށްޓެހިވެފައި ވަނީ 2016 ވަނަ އަހަރު
  • ދާދި ފަހުން ދެ މީހުން އެކީގައި ވަނީ އިއުރަޕްގެ އެކި ގައުމުތަކުގައި ޗުއްޓީ ހޭދަކޮށްފައި
  • ޔޫނިސްއަކީ ވަރަށް ހަސަދަވެރިވާ މީހެއްކަމަށާއި، ކޯޓްނީ ހިފަހައްޓައިގެން ގެންގުޅެން މަސައްކަތް ކުރާކަމަށް ކޯޓްނީގެ ގާތް މީހަކާ ހަވާލާދީ އީއިން ރިޕޯޓްކޮށްފައިވޭ
އައިޝަތު ޝާނީ | Shaaknee

| 18 ޖުލައި 2018 | ބުދަ 10:12 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ކޯޓްނީ ކާޑޭޝިއަންއާއި ޔޫނިސް ބެންޖީމާ -- ގެޓީ އިމޭޖާސް

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކޯޓްނީ ކާޑޭޝިއަން އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯއަކަށް ކުރި ކޮމެންޓަކާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ޔޫނިސް ބެންޖީމާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ކޯޓްނީ ބިކީނީއެއް ލައިގެން އިށީނދެގެން އިންދާ ފުރަގަހުން ނަގާފައިވާ މި ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި ވަނީ އަންގާރަ ދުވަހެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ޔޫނިސް ވަނީ ކޮމެންޓްކޮށްފައެވެ.

"ތިއީ ތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟" މިހެން އަހާފައެވެ.

މާ ގިނަ އިރުތަކެއް ނުވެ ޔޫނިސް ވަނީ އެ ކޮމެންޓް ޑިލީޓްކޮށްފައެވެ. ނަމަވެސް ޑިލީޓް ކުރުމުގެ ކުރިން ކޮމެންޓްގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

ކޯޓްނީއާއި އާއިލާގެ މަޝްހޫރު ރިއަލިޓީ ޝޯވ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް' ގެނެސްދޭ އީ! އިން ރިޕޯޓްކުރާ ގޮތުގައި މިއީ ޔޫނިސް މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

އާންމުންނަށް ފެންނަ ތަންތާގައި ޔޫނިސް މިފަދައިން ނުވިސްނާ ކުރާ ޕޯސްޓްތަކާ މެދު ކޯޓްނީ ހިތްހަމަ ނުޖެހޭ ކަމަށާއި ކުރިން ވެސް އެފަދައިން އޭނާ އަމަލުކޮށްފައިވާ ކަމަށް ކޯޓްނީގެ ގާތް މީހަކާ ހަވާލާދީ އީއިން ރިޕޯޓްކޮށްފައިވެއެވެ.

"ކޯޓްނީ އެއް އެފަދަ ފޮޓޯ ލުމެއް ނުހުއްޓާނެ. ޔޫނިސް ޖެހޭނީ އެކަންތައް ދެނެގަނެ ޑީލް ކުރަން،" އެ ގާތް މީހާ ކިޔައިދީފައިވެއެވެ.

ޔޫނިސްއަކީ ވަރަށް ހަސަދަވެރިވާ މީހެއް ކަމަށާއި ކޯޓްނީ ހިފަހައްޓައިގެން ގެންގުޅެން މަސައްކަތް ކުރާ ކަމަށް ވެސް އީއިން ބުންޏެވެ. އަދި އެހާ ހަށިގަނޑު ފެންނަ ފޮޓޯތައް ލުމުން ޔޫނިސް ހިތްހަމަ ނުޖެހޭ ކަމަށާއި "ކޯޓްނީ މުޅި ދުނިޔެއާ ޝެއާ ކުރަން އޭނާ ބޫނުމެއް ނުވާ"ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

އެހެން ނަމަވެސް މިއީ އޭނާގެ ވަޒީފާގެ ބައެއްކަމަށާއި އެކަންތައް ބަދަލެއް ނުވާނެކަން ކޯޓްނީ ވަނީ ޔޫނިސްއަށް ކިޔާދީފައެވެ.

ޔޫރަޕްގެ އެކި ގައުމުތަކުގައި ދެ މީހުން އެކުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ކޯޓްނީ އަނބުރާ ލޮސް އެންޖެލެސްއަށް ގޮސްފައި ވަނީ މިދިޔަ ހަފްތާގައެވެ. ތިން ކުދިންގެ މަންމަ، 39 އަހަރުގެ ކޯޓްނީ އާއި ޔޫނިސް، 25، ރަށްޓެހިވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހު ކޮޅެވެ.

ޔޫނިސްއަކީ ނެކްސްޓް މެނޭޖްމެންޓްގެ މޮޑެލްއެކެވެ. އަލްޖީރިއާއަށް ނިސްބަތްވާ ޔޫނިސް އުފަންވީ، އަދި ބޮޑުވީ ފްރާންސްގައެވެ. އޭނާއަކީ މުސްލިމެކެވެ. ރަމަޟާން މަހާއި އީދާއި އެހެނިހެން ދުވަސްތައް ފާހަގަ ކުރާ ޔޫނިސް ވަނީ މިފަދަ ބައެއް ހަފްލާތަކުގައި ކޯޓްނީ ވެސް ބައިވެރިކޮށްފައެވެ.

އަދި ޔޫނިސްއާކީ ވެސް އޭނާގެ ހަށިގަނޑު ފެންނަ ފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރާ މީހަކަށްވާ އިރު، ކޯޓްނީގެ ފޭނުންތައް ދަނީ އޭނާ ކޯޓްނީއާ ކުރި ސުވާލު އެ ފޮޓޯތަކުގައި ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް