19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މިސްރުގެ ވެރިކަން

މިސްރުގެ ކުރީގެ ސަރުކާރު ވައްޓާލުމުގައި ހަރަކާތްތެރިވި ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭނެ

  • އެ ނިންމުން ނިންމާފައި ވަނީ ގާނޫނު ހަދާ މަޖްލީހުން
  • މައްސަލަތައް ބެލުމުގެ ބާރު ދީފައި ވަނީ ރައީސް ސީސީއަށް
  • މުރްސީއާ ދެކޮޅަށް ބަޤާވާތް ކުރިއިރު ސީސީ އަކީ ސިފައިންގެ އިސް ވެރިޔާ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 18 ޖުލައި 2018 | ބުދަ 10:03 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


މިސްރުގެ ސިފައިންނާއި އެ ލަޝްކަރުގެ ހެލިކަޕްޓަރެއް -- ފޭސްބުކް

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމުގައި ހަރަކާތްތެރިވި ފަރާތްތަކާމެދު ދައުވާ ނުކުރެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖްލީހުން ފާސްކޮށްފިއެވެ.

ބިލްގައި ވާގޮތުން މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލި ދުވަހުން ފެށިގެން މިސްރުގެ ވެރިކަމާ އަބްދުލް ފައްތާހު ސީސީ ހަވާލުވެވަޑައިގެންނެވި ދުވަހާ ހަމައަށް މިސްރުގެ އެއްވެސް މައްސަލައެއް ނުބެލުމުގެ ބާރު މިހާރުގެ ރައީސް ސީސީއަށް ވަނީ ލިބިދީފައެވެ.

އެ ގާނޫނުގެ ސަބަބުން އެތައް ޖަރީމާއެއް ހިންގާފައިވާ މިސްރުގެ ސިފައިންގެ އޮފިސަރުންގެ މައްޗަށް އެއްވެސް ދައުވާއެއް ޖުލައި 3، 2013 އިން ޖޫން 8، 2014 ނުކުރުމުގެ ބާރު ރައީސް ސީސީއަށް އޮންނާނެއެވެ. އަދި ސީސީ އިޚްތިޔާރު ކުރާ ސިފައިންގެ އޮފިސަރުންނަށް ދައުލަތުން އިނާޔަތްތައް ދިނުމުގެ ބާރު ވެސް ބިލުން ވަނީ ދީފައެވެ. މުރްސީގެ ވެރިކަން ވައްޓާލުމަށް ސިފައިން ގެނައި ބަޤާވަތުގައި އެންމެ އިސްކޮށް ހުންނެވީ މިސްރު ސިފައިންގެ އޭރުގެ ވެރިޔާ ސީސީ އެވެ.

ގާހިރާގެ ރާބިއާ މައިދާނަށް އޮގަސްޓް 2013 ގައި އެއްވި މުރްސީގެ މުސްލިމް ބްރަދަހުޑުގެ ސަޕޯޓަރުންނާ ދެކޮޅަށް މިސްރު ސިފައިން ހިންގި އުދުވާނުގައި އެ ޕާޓީގެ 800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް