19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ވޮލީބޯލް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

  • ގައުމީ ލެވެލްގެ ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުން މިދަނީ
  • ވ. އަތޮޅުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭނަން
ނާފިއު ރަޝީދު | NaphiuR

| 23 ޖެނުއަރީ 2017 | ހޯމަ 00:07 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ސީ ލައިފް ސްޕޯޓްސް ކްލަބުގެ ކޯޗު ޝަފާޒް އިބްރާހިމް (ޑަނާ) -- ގޫގުލް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަން ކަމާއެކު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުނު ސީ ލައިފް ސްޕޯޓްސް ކްލަބު ކުރިއަށް ހުރި މުބާރާތްތަކުގައި ފެނިގެންދާނީ ވަރުގަދަ ޓީމަކާއެކު ތަފާތު ދައްކާނެ ޓީމެއްގެ ގޮތުގައި ކަމަށް އެ ކްލަބުގެ ކޯޗު ޝަފާޒް އިބްރާހިމް (ޑަނާ) ބުނެފި އެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސީ ލައިފް ހޯދީ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗަށްފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޝަފާޒް ބުނީ މުބާރާތް ފެށުނު ހިސާބުން އެޓީމުން ޓާގެޓް ކޮށްގެން އައީ ތަށި ހޯދުމަށް ކަމަށާއި އަދި ތައްޓާއެކު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުމުން އުފާވާ ކަމަށެވެ.

ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝަފާޒް ބުނީ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އުންމީދީ ކުޅުމެއް ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ފަރާތުން މި މުބާރާތުން ތަށި ހޯދުމަށް ކެތްމަދުވެފައި ތިބި ވަރު ފެނިގެންދިޔަ ކަމަށެވެ.

ޝައްފާޒް ބުނީ އެޓީމުގައި ތިބި ކުޅުންތެރިންނަކީ ވޮލީ ދަންނަ މީހެއް ނަމަ އެނގޭނެ ކުޅުންތެރިން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އެތަށް މޫނުތަކެއް އެޓީމުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ. ހަމަ އެއާއެކު ފުރަތަމަ ޑިވިޝަނުން އެޓީމު ފެނިގެންދާނީ މޮޅު ކުޅުންތެރިންތަކަކާ އެކު ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ކަމަށް ވެސް ޝަފާޒް ބުންޏެވެ.

ވ. އަތޮޅު ތިނަދޫ އަށް ނިސްބަތްވާ މި ކްލަބުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އިރު، މިހާރު ރާއްޖޭގެ ވޮލީ ފިރިހެން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ވ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މިކަމާ ގުޅޭގޮތުން ޝަފާޒް ބުނީ މިހާރުން މިހާރަށް ބެލި ނަމަވެސް ފެނިގެންދަނީ ވ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ކަމަށާއި އަދި އެޓީމު ފުރަތަމަ ޑިވިޝަނަށް ނުކުންނައިރު، ވ. އަތޮޅުގެ ކުޅުންތެރިންނަށް އިސްކަމެއްދީ ގައުމީ ލެވެލް އަށް އެ އަތޮޅުގެ ކުޅުންތެރިން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް