17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

އުތުރު ކޮރެއާ - އެމެރިކާ

އުތުރުކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ވަކި ވަގުތެއް ކަނޑައެޅިފައެއް ނެތް!

  • ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ދެމި އެބައޮތް: ޓްރަމްޕް
  • ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ވަކި ޕްލޭނެއް ކަނޑައަޅާފައެއްނުވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 18 ޖުލައި 2018 | ބުދަ 09:16 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރައީސް ޓްރަމްޕް ވިދާޅުވަނީ އުތުރު ކޮރެއާ އެކު ވާހަކަތައް ދަނީ ރަނގަޅަށް ކަމަށް -- ރޮއިޓަރސް

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް "ވަކިމުހުލަތެއް ނެތް" ކަމަށާއި އަދި އަވަސް އަރުވާލައިގެން އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނިއުކްލިއަރ ހަތިޔާރު ނައްތާލުން ވަރަށް އަވަހަށް ފެށިގެންދާން ޖެހޭ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވާ އިރު މިވާހަކަފުޅު ފެނިގެންދަނީ ރާގު ބަދަލުވުމެއްގެ ގޮތުގައެވެ.

އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން މިދިޔަ މަހުގެ ތެރޭގައި ބޭއްވެވި ތާރީޚީ ބައްދަލުވުމުގައި ވަނީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ވައުދުވެ ވަޑައިގެންފައެވެ. އެ އެއްބަސްވުމުގައި ތާވަލެއް ނުވަތަ އެކަންކުރާނެ ވަކި ޕްލޭނެއް ކަނޑައަޅާފައެއް ނުވެއެވެ.

ރައީސް ޓްރަމްޕާއި ކިމް ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމަށް ފަހު ނިއުކްލިއަރ ހަތިޔާރު ނައްތާލުމާ ދިމާލަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ރިޕޯޓްކޮށްފައި ވަނީ މަދު ކަމެކެވެ.

މިދިޔަ ހަފްތާގައި އުތުރު ކޮރެއާ އިން ވަނީ އެމެރިކާއިން ކުރަމުންދަނީ "ގޭންގް ސްޓާރުން ކުރާ ކަހަލަ ޑިމާންޑް" ކަމަށް ބުނެފައެވެ. އަދި އެގައުމާ އެކު ބޭއްވި މަތީ ފަންތީގެ ވާހަކަތަކަކީ "އިންތިހާއަށް އުނދަގޫ" މަޝްވަރާތަކެއް ކަމަށް ވެސް ބުނެފައެވެ.

ރައީސް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ ޕިޔޯންގޔަންގއާ އެކު ވާހަކަތައް ކުރިޔަށްދަނީ ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ނެތް ވަކި މުހުލަތެއް. އަޅުގަނޑުމެންގެ ނެތް ވަކި ބާރުމިނެއް ކަނޑައެޅިފައެއް. މަޝްވަރާތައް ދަނީ ކުރިޔަށް، އަދި އެކަން ދަނީ ވަރަށް ވަރަށް ރަނގަޅަށް،" ރިޕޯޓަރުންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ދެމި އެބައޮތް ކަމަށެވެ. އަދި މިހާރު ޓެސްޓްތައް ކުރަމުންނުދާ ކަމަށާއި ރޮކެޓް ފޮނުވަމުން ނުދާތާ ނުވަ މަސް ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް