23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން: ރަޝިއާ ދިފާއުކޮށް ދެއްކެވި ވާހަކަ ޓްރަމްޕް ބަދަލުކުރައްވައިފި

  • ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒޫ ފޯރުވަންވީ ސަބަބެއް ނޯންނާނެ: ޓްރަމްޕް
  • ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒޫ ނުފޯރުވަންވީ ފޯރުވަންވީ ސަބަބެއް ނޯންނާނެ: ޓްރަމްޕް
އަބުދުﷲ މުހައްމަދު | 8Abbo

| 18 ޖުލައި 2018 | ބުދަ 08:16 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ވ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ކ) ފިންލޭންޑްގައި ބައްދަލުކުރައްވަނީ -- ބީބީސީ

ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަންވީ ސަބަބެއް ނޯންނާނެ ކަމަށް ހޯމަ ދުވަހު ވާހަކަދެއްކެވިއިރު ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި ވިދާޅުވާން އުޅުއްވީ ނުފޫޒު ފޯރުވީ ރަޝިއާ ނޫން ބަޔަކަށް ވާންވީ ސަބަބެއް އެބައޮތްތޯ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކުފުޅު ބަދަލުކުރައްވައިފިއެވެ.

ރަޝިއާގެ ރައީސް ވުލާޑިމިއަރ ޕޫޓިންއާ އެކު ފިންލޭންޑްގައި ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީގެ ވާހަކަތަކާއި ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅާއި ގުޅިގެން އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އިންތިހާ އަށް ފާޑުކިޔުން އަމާޒުވެ ވަޑައިގެންފައެވެ. އަދި ރައީސް ޓްރަމްޕް އެ ވިދާޅުވާ ވާހަކަފުޅުގެ ތަފްސީލް ދެއްވުމަށް އަރިސް ބޭފުޅުންވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޓްރަމްޕް ފަހުން ވިދާޅުވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް "ފުރިހަމަ އިތުބާރާއި ތާއީދު އެބައޮތް" ކަމަށް ވިދާޅުވެފައެވެ.

 

ރައީސް ޓްރަމްޕް ފުރަތަމަ ވިދާޅުވި ވާހަކަފު

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމަނިކުފާނު އިތުބާރު ކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އިންޓެލިޖެންސް އޭޖެންސީއަށްތޯ ނުވަތަ ރަޝިއާގެ ރައީސަށްތޯ ސުވާލުކުރައްވާފައެވެ.

"ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ރަޝިއާގެ ކަމެއް ނޫން. އަޅުގަނޑަކަށް ނުފެނޭ އެއީ ރަޝިއާ އިން ކުރިކަމަކަށް ވާންޖެހޭ އެއްވެސް ސަބަބެއް" ޖަވާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވަނީ ރަޝިއާގެ އަމަލުތައް ހުންނަ ގޮތަށްވުރެ ބޮޑަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ރަޝިއާ އާއެކު އޮތް ގުޅުން ކުޑަކަން ފާހަގަ ކުރައްވާފައެވެ.

މިހާރު ވިދާޅުވާ ގޮތް

ރައީސް ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނު ޓްރާންސްކްރިޕްޓް ބައްލަވައިފިކަމަށާއި އެ އިތުރަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވިއްޖެކަމަށެވެ.

"އަޅުގަޑުގެ ވާހަކައިގެ މައި  ޖުމްލައިގައި، ވާންނުޖެހޭ ދަންނަވަން ޖެހޭ ތަނަކަށް އަޅުގަނޑަށް ދެންނެވުނީ ވާންޖެހޭ މި ބަސް" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޖުމްލައިގައި އޮންނަންޖެހޭނީ: "އަޅުގަނޑަކަށް ނުފެނޭ އެއްވެސް ސަބަބެއް އަޅުގަނޑު އެހެން ނުބުނަންވީ ނުވަތަ ރަޝިއާއަށް ނުވާންވީ ސަބަބއް ނެތް"

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ "އަޅުގަނޑު ގަބޫލުކުރަން 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް އިންޓެލިޖެންސް އިދާރާތަކުން ނިންމާފައިވާ ނިންމުން. އެހެން ބޭފުޅުން ވެސް. އެތައް ބައިވަރު ބަޔަކު އެބަތިބި"

ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނާއި ވާދަކުރެއްވި ޑިމޮކްރެޓިކް ކެނޑިޑޭޓް، ހިލަރީ ކްލިންޓަނަށް ނާކާމިޔާބުވެ ވަޑައިގަތް އެ އިންތިޚާބަށް ފޯރުވި ނުފޫޒުގެ ސަބަބުން އިންތިޚާބަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށް ވިދާޅުވެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ރައީސް ޕޫޓިން ކުށްވެރިކުރައްވަފާނެތޯ ދެންނެވި ސުވާލަށް ޓްރަމްޕް ޖަވާބުދެއްވާފައެއް ނުވެއެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އާއި ދެކޮޅަށް ސައިބަރ އެޓެކް ދީ އަދި ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރަން ކުރި މަސައްކަތުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ނިންމާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް