22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ވޮލީބޯލް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

  • ސީ ލައިފް ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ
  • މޮޅު ކުޅުންތެރިޔަކީ ސީ ލައިފްގެ މަންދީބް ސިންގް
  • މުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީ
ނާފިއު ރަޝީދު | NaphiuR

| 22 ޖެނުއަރީ 2017 | އާދީއްތަ 23:17 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީ ލައިފް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޓްރޮފީއާއެކު -- ގޫގުލް

ގައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ސީ ލައިފް ސްޕޯޓްސް ކުލަބް ހޯދައިފި އެވެ.

ސީ ލައިފް މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ ސެޓްތައް ސީ ލައިފް ސްޕޯޓްސް ކުލަބް ގެންދިޔައީ 25-17، 25-20 އަދި 25-17 ނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގް އެވެ.

މުބާރާތުގެ އެންމެ ހަތް ކުޅުންތެރިންނަކީ މާޒިޔާގެ ލުގްމާން ލަތީފް، އަހުމަދު މުހައްމަދު، މުހައްމަދު އަލީ، ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ އަހުމަދު އަލީ، މުހައްމަދު ނިހާދު، އަބްދުﷲ ހަސަން އަދި އިސްމާޢީލް ރަޝީދު އެވެ. މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުލަބް ހާފް ލިންކޭޖްގެ އިސްމާޢީލް ނަސީރު އެވެ. އަދި މިމުބާރާތުގެ 21 އަހަރުން ދަށުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސެއިން ރަޒާން އެވެ.

މިމުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަލީ އަޝްރަފް އެވެ. އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގްއެވެ. ދެ ވަނަ ޑިވިޝަން ވޮލީ ބޯޅަ މުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް