26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރޯލްސް ރޮއިސް

ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ

  • 2020 ވަނަ އަހަރު އުފައްދައި ނިމޭނެ ކަަމަށް ބުނަނޭ
  • ފްލައިންގ ޓެކްސީ މެދުވެރިކޮށް 5 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ
ސިމާހާ ނަސީމް | sim_kamana

| 17 ޖުލައި 2018 | އަންގާރަ 19:50 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރޯލްސް ރޮއިސް އިން ޑިވަލެޕް ކުރުމަށް ނިންމާފައިވާ ފްލައިންގ ޓެކްސީ -- ސީ.އެން.އެން

އަގުބޮޑު ކާރު އުފައްދާ މަޝްހޫރު ކުންފުނި، ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެއެވެ.

2020 ވަނަ އަހަރު އުފައްދައި ނިމޭ ފްލައިންގ ޓެކްސީގައި 5 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ވަނީ އެ ޓެކްސީތައް ހުންނާނެ ގޮތުގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ޓެކްސީގެ އެއަރފްރޭމް ބިލްޑްކޮށް ކަރަންޓް ޑިވަލޮޕް ކުރާނެ ޕާޓްނަރުން ހޯދަމުން ދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޓެކްސީ މައްޗަށް އުދުހޭވަރަކަށް އޭގެ ބުރަފަތިތައް ފައްޖެހޭނެ ކަމަށާއި އޭގެ ސަބަބުން އޭތީގެ އަޑު މަޑުކޮށް، އަވަހަށް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ޓެކްސީތައް މިހާރު ހުރި އެއަރޕޯޓުތަކުގައި އާއި ހެލިޕޯޓުތަކުގައި ވެސް ބޭނުން ކުރެވޭނެއެވެ.

ރޯލްސް ރޮއިސްގެ އިލެކްޓްރިކަލް ޓީމްގެ އިސްކޮށް ހަރަކާތްތެރިވާ ރޮބް ވޮޓްސަން ނެރުނު ސްޓޭމަންޓެއްގައި ބުނެފައި ވަނީ މި ޑިވަލޮޕްމަންޓަކީ "އިލެޓްރިފިކޭޝަން ޓްރެންޑް" އެއް ކަމަށާއި މި އުފެއްދުން ބޮޑު އިންގިލާބަކަށް ވާނެ ކަމަށެވެ.

އުދުހޭ ކާރުތައް އަސްލަކަށް ހެދުމަށްޓަކައި މަޝްހޫރު އެތައް ޓެކްނޮލަޖީ ކުންފުނިތަކާއި އޭވިއޭޝަން ކުންފުނިތަކުން ދަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް