14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރައީސް މައުމޫން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

 • ޕީޕީއެމްގެ ރައީސްއަށް ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެވޭނެ ސަބަބެއްނެތް
 • އެބައްދަލުވުން ފުލުހުން ހުއްޓުވީ ގާނޫނާ ހިލާފަށް
 • އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ވަނީ އެދިފަ
މުހައްމަދު ފަޒީން | phaxyn

| 22 ޖެނުއަރީ 2017 | އާދީއްތަ 23:13 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
 7. ވެލެޒިނީ ހައްޔަރު ކޮށްފި
 8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫން -- މިހާރު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގި އެންގުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހަޅައިފި އެވެ.

ތިރީސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫންގެ އޮފީހުން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޕީޕީއެމްގެ ރައީސް އޮފީހުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން މަސައްކަތްކުރި ބައްދަލުވުން ނުބޭއްވުނީ ފުލުހުންގެ އޮފިސަރުން ކަމަށްވާ އިންސްޕެކްޓަރ އަހުމަދު އިބްރާހީމާއި ސްޓާފް ސާރޖެންޓް އިބްރާހީމް ފަލާހު، "ފޯމަރ ޕްރެސިޑެންޓް އޮފީސް"އަށް ވަޑައިގެން ބައްދަލުވުން ނުބޭއްވޭނެ ކަމަށް އެންގުމުން ކަމަށެވެ. 

މީގެއިތުރުން އެސިޓީގައި ވަނީ އެ ބައްދަލުވުމަކީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ އެދިވަޑައިގަތުމުގެ މަތިން ސިލްސިލާކޮށް އެކި ރޭތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައްދަލުވުންތަކެއް ކަމަށެވެ. އެގޮތުން ބާއްވަން ނިންމި ބައްދަލުވުންތަކުގެ ތެރެއިން އެ ރޭ ބާއްވަން ނިންމި ބައްދަލުވުން ދެ ފުލުސް އޮފިސަރަކު ވަޑައިގެން އެބައްދަލުވުން ނުބޭއްވޭނޭ ކަމަށް އަންގާފައިވާތީ އެބައްދަލުވުން  ނުބާއްވާ ކަމަށް އެސިޓީގައި ވެއެވެ.

ރައީސް މައުމޫންގެ އެސިޓީގައި ވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ ބުނާ ގޮތުން، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެއްވެސް މުއައްސަސާ އަކުން އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ވެސް ރައީސް މައުމޫންގެ އެސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނުގެ އޮފީހުގެ އެސިޓީގައި ވަނީ ޕީޕީއެމްގެ ރައީސް އަށް ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެބައްދަލުވުން ބޭއްވުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްއިރު، އެބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގުމަކީ ގާނޫނާ ހިލާފަށް އެންގި އެންގުމެއް ކަމަށާއި މި މައްސަލަ ބައްލަވާ ދެއްވުމަށް އެދޭ ކަމަށް ރައީސް މައުމޫން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް