18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

އަލިފާން ފަރުބަދަ

ކިލުއެއަ ފަރުބަދައިން ފޮނުވާލި ލާވާ ބޯޓަކަށް އަރައި 23 މީހަކަށް އަނިޔާ ވެއްޖެ

 • އަނިޔާވި އެކަކުގެ ފައި ވަނީ ބިންދައި ގެންގޮސްފައި
 • ލާވާއިން ސަލާމަތްވުމަށް ބޯޓުގައި ފިލަން ވަންނާނެ ތަނެއްނެތް
 • އާ ރަށެއް ވަނީ ލާވާގެ ސަބަބުން އުފެދިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 17 ޖުލައި 2018 | އަންގާރަ 16:40 | |

މަގުބޫލް

 1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
 2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
 3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
 4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
 5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
 6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
 7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
 8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ލާވާގެ އަސަރު ކުރި ބޯޓު: އެ ބޯޓުގެ ގެގަޑު ވަނީ ފަރުބަދައިން ފޮނުވާލި ގަލެއް ފޫ އަޅުވާލައިފައި -- ހަވާއި ޑީ.އެން.އެލް.އާރް

އެމެރިކާގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ހަވައިގެ ބިގް އައިލެންޑްސް ސިޓީގައިވާ 'ކިލުއެއަ' އަލިފާން ފަރުބަދައިން ފޮނުވާލި ލާވާ، ވައިގެތެރެއިން ލާފައި ގޮސް ފަތުރުވެރިން ގޮވައިގެން ދިޔަ ބޯޓަކަށް އަރައި 23 މީހުންނަށް އަނިޔާ ވެއްޖެއެވެ.

ފަރުބަދަ ގޮވުމުގެ ތެރޭގައި، އޭގެއިން ފޮނުވާލި ގަލެއް ވެސް ވަނީ އެ ބޯޓުގެ ގެގަޑު ފޫއަޅުވާލާ އެތެރެއަށް ވަދެގެންފައެވެ. އެ ހާދިސާގައި ފަތުރުވެރިއެއްގެ ފައި ބިންދައިގެން ގޮސްފައިވާއިރު ދެންތިބި މީހުންގެ ހަށިގަނޑު ވަނީ ފިހިފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އެ ބޯޓު އެ ސަރަހައްދުން ދަތުރުކުރީ ލާވާތައް މޫދަށް އެޅޭ މަންޒަރު ބަލާލަން ކަމަށާއި ކޮންމެ ބޮލަކަށް 250 ޑޮލަރު ޗާޖް ކޮށްފައިވާ ކަމަށެވެ.

ކިލުއެއަ އަލިފާން ފަރުބަދަ މޭ މަހުގެ ފުރަތަމަ ކޮޅުގަ ގޮވީއްސުރެން އެ ފަރުބަދައިގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުންނެވެ. ފަރުބަދައިން ނިކުންނަމުންދާ ލާވާ މޫދު ތެރެއަށް ފައިބަމުންދިއުމާއި ގުޅިގެން ނުރައްކާތެރި ލޭޒް ގޭސް ދަނީ އުފެދެމުންނެވެ. އެ ގޭސް އުފެދެނީ ހޫނު ލާވާ މޫދުގައިޖެހުމުގެ ސަބަބުން ލޮނާއި ފެން ގޭހަކަށް ބަދަލުވެ އަރައިގެން ދާއިރުއެވެ. ލޭޒް ގޭހުގައި ހައިޑްރޯ ކްލޮރިކް އެސިޑްއާއި ބިއްލޫރި އެތިއެތި ކޮޅުކޮޅު ހުރެއެވެ. އެ ގޭހުގެ އަސަރު ބޮޑަށް ކޮށްފިނަމަ މަރު ވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ފަޔަރ އެންޑް ރެސްކިއުއިން ބުނީ ގެއްލުން ލިބުނު ބޯޓު ވަނީ އޭގެ އަމިއްލަ ބާރުގައި ބަނދަރު ކޮށްފައި ކަމަށެވެ. އަދި ބަނދަރު ކުރުމާއެކު ގެއްލުން ލިބުނު މީހުންގެ ތެރެއިން ތިން މީހުން ވަނީ ވަގުތުން އެމްބިއުލާންސްގައި ފޮނުވާލައިފައި ކަމަށެވެ.

ފުރާނައަށް ނުރައްކާވި ހާދިސާ ކިޔައިދެމުން ފަސިންޖަރަކު ބުނީ "އެވީކަމެއް ހިނގީ ފަޅި ސިކުންތުކޮޅެއްގައި ކަމަށެވެ." ބޯޓަށް ލާވާގެ އަސަރު ކުރިއިރު ފިލަން ދުވާނެ ވަކި ތަނެއް އެ 20 ފޫޓުގެ ބޯޓުގައި ނެތް ކަމަށާއި ހުރިހާ އެންމެން ވެސް ލާވާއިން ސަލާމަތްވުމަށް ވަނީ އެއްތަނަކަށް ކަމަށެވެ. އެއަށް ފަހު އިރުކޮޅެއް ނުވަނީސް މޫނުގައި ޖެހުނީ ފަރުބަދައިން ފޮނުވާލި ހޫނު އަޅި ކަމަށް އޭނާ ބުނެއެވެ.

ބޯޓުން ދަތުރު ކުރި އެހެން ފަސިންޖަރަކު ބުނީ އެ ބޯޓު ވަނީ ލާވާ މޫދަށް ފައިބާ ހިސާބާ 300 މީޓަރަށް ވުރެ ކައިރިއަށް ގޮސްފައިވާ ކަމަށާއި އެހެން ކަމުން ބޯޓު ވަނީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެފައެވެ. ކަމާއިބެހޭ ފަރާތްތަކުގެ ބަހެއް ލިބިފައި އަދި ނުވާއިރު ބައެއް ތަޖްރިބާކާރު ކައްޕިންނަށް 300 މީޓަރަށް ވުރެ ކައިރިއަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ކިލުއެއަ އަލިފާން ފަރުބަދައިގެ ލާވާ ވައިގެތެރެއިން ގޮސް އަނިޔާއެއް ލިބިފައިވާ ކަމަށް މީގެ ކުރިން ރިޕޯޓް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެފަހަރު ލާވާ އަރާފައިވަނީ ބެލްކަންޔެއްގައި އިށީދެގެން އިން މީހެއްގެ ފަޔަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ޖިއޮލޮޖިސްޓުން ވަނީ ލާވާ މޫދަށް އެޅުމުގެ ސަބަބުން ކުޑަ ރަށެއް އުފެދިފައިވާކަން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް