22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ވަޒީފާގެ ފުރުސަތު

ކެލާގައި ޒުވާނުން ވަޒީފާއަށް ކުރާ އުންމީދާއި މެދު ނާއުންމީދުވެފައި

  • ކެލާގައި ހަދަން ނިންމާފައިވާ ރިސޯޓުގެ މަސައްކަތް ކުރިއަށް ނުދޭ
  • ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައި
  • ޒުވާނުން ބޭނުންވަނީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ވެގެން ދިއުން
އަމްނާ އިމާދު | @amnabinthimad

| 17 ޖުލައި 2018 | އަންގާރަ 15:12 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ހއ. ކެލާ -- އާކައިވް

އައު ވަޒީފާތައް އުފައްދާ ޒުވާނުން ހަރުދަނާ ބަޔަކަށް ހަދާނެ ވާހަކައަކީ މިސަރުކާރުން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މިވަޒީފާތައް ހޯދުމަށް ޒުވާނުން މިއަދު ތިބީ ކެތް މަދުވެފައެވެ. ކޮންމެ ދުވަހަކު ވެސް ގެޒެޓްހާވައި އެންމެ އެކަށޭނަ ވަޒީފާ ހޯދުމުގެ މަސައްކަތް އަބަދުހެން ޒުވާނުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެޒުވާނަކު އުފަން ރަށުން ވަޒީފާ ހޯދުމަކީ ކަނޑުން މާވަހަރެއް ހޮވުން ކަހަލަ ކަމެކެވެ. ކޮންމެ ޒުވާނަކު ވެސް ބޭނުންވަނީ އަމިއްލަ ރަށުގައި އާއިލާ މީހުން ގާތުގައި ދިރިއުޅެމުން ވަޒީފާ އަދާ ކުރާށެވެ. އާއިލާ ދުރުގައި ވަޒީފާ އަދާ ކުރުމަކީ އެމީހުން ހިތްހަމަޖެހިގެން ކުރާ ކަމެއް ނޫނެވެ. އާއިލާއާ ދުރުގައި އެތަކެއް ދަތިތަކާއި ދުއްތުރާތަކުގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދަނީ އާއިލާއަށްޓަކައެވެ.

ކެލާގެ މަގެއް

އަތޮޅުތެރޭގެ ރަށުގެ އާބާދީ ކުޑަވުމާއި ރަށުގައި ވަޒީފާ އުފެއްދިފައި ނެތުމުގެ ސަބަބުން ގިނަ ޒުވާނުންނަށް މިއަދު މަޖުބޫރު ވަނީ ރަށުން ފައިބަގެން ކޮންމެސް އެހެންތާކަށް ވަޒީފާއަށްދާށެވެ. މުސްތަގުބަލް ބިނާކޮށް ދިރިއުޅުން އާރާސްތު ކުރުމަށް ރިސޯޓުތަކުގައި ނޫނީ މާލޭގައި ވަޒީފާއަދާ ކުރަމުން އަންނަ ޒުވާނުން މަދެއް ނޫނެވެ.

ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށްލުމަށް ފަހު ބުރަ މަސައްކަތް ކޮށްގެން ލިބޭ މުސާރައިގެ ބޮޑުބައި ގޭކުއްޔަށް ދޭން ބޭނުންވާނީ ކާކު ހެއްޔެވެ؟ މިއީ ޒަމާންވީ ޒުވާނުންގެ ޝަކުވާތަކެވެ. ނަމަވެސް މިޝަކުވާތަކަށް މިއަދާ ހަމައަށް އެއްވެސް ސަރުކާރަކަށް ހަލެއް ހޯދިފައެއްނެތެވެ. ރަށްރަށުގެ ވަޒީފާ އިތުރުކޮށް ދެވިފައިނުވާއިރު، މާލޭގެ ގެތަކުގެ ކުލި ވެސް ކޮންޓްރޯލް ކުރެވިފައި ނުވެއެވެ.

ސަރުކާރުން ދައްކާ ހުވަފެންތަކުގައި މިއަދު ޒުވާނުން ޖެހޭކަށް ބޭނުމެއްނުވެއެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖެއަށް ގެނެސްދެއްވި ގެސްޓްހައުސް ވިޔަފާރި އަތޮޅު ތެރޭގެ ރަށްރަށުގައި މިހާރު ވަނީ ކުރިއަރުވައި ތަރައްގީ ކުރަންފަށާފައެވެ. އަމިއްލަ ގެދޮރުގެ އެއްފަޅި ގެސްޓްހައުސްތަކަށް ބަދަލުކޮށް، ބައެއް ގެތައް ކުއްޔަށް ނަގައިގެން ވެސް މިވިޔަފާރީގައި ޒުވާނުން މިއަދު އަންނަނީ އުދުހެމުންނެވެ.

ނަމަވެސް ހއ ކެލާގައި ދިރިއުޅެމުން އަންނަ ޒުވާނުންނަށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް މިއަދު ވަނީ ތަކުލީފުތަކުގައި ކުރިމަތިވެފައެވެ. ރަށުގައި ތިބެގެން ވަޒީފާއަދާ ކުރަން ކުރި އުންމީދާއި މެދު މިވަނީ އިތުބާރު ގެއްލިފައެވެ.

ކެލާގައި ހުޅުވާފައިވާ ގެސްޓްހައުސްއެއް

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކެލާގެ ކައުންސިލަރު އާދަމް ގުފްރާން ވިދާޅުވީ ރަށުގެ ޒުވާނުން މިހާރު އެންމެ ބޭނުންވަނީ ރަށުގައި އާއިލާ މީހުން ކައިރީގައި ތިބެގެން ވަޒީފާ އަދާކުރެވި ދިރިއުޅުން އާރާސްތު ކުރެވޭނެ ގޮތެއް މަގުފަހިވެގެން ދިއުން ކަމަށެވެ. ނަމަވެސް މިހާރު އެކަމުގައި ވެސް ޒުވާނުން ނާއުންމީދު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ރަށުގައި ރިސޯޓެއް ހެދުމަށްޓަކައި އެމްއައިޓީޑީސީއާ ހަވާލުކޮށްފައި އޮތް ސަރަހައްދެއް އޮންނާނެ. އެސަރަހައްދުގައި ރިސޯޓު ހެދިގެންދާނެ ދުވަހެއް އެންމެ ރައްޔިތުން އުންމީދު ކުރަނީ. އެއްވެސް ގޮތަކަށް މަސައްކަތް ކުރިއަށް ނުދޭ. މައުލޫމާތު ލިބުނު 2016ގައި ވެސް ރަށަށް އަންނާނެ ކަމަށް މާސްޓާ ޕްލޭނެއް ހަދަން. އެހެން ނަމަވެސް އަދި އޭގެ އެއްވެސް އިޝާރާތެއް ނުލިބިދަނީ." ގުފްރާން ވިދާޅުވިއެވެ.

ގުފްރާން ވިދާޅުވީ ކެލާގައި މިހާރު އަމިއްލަ ފަރާތުން 3 ގެސްޓްހައުސްއެއް ވަރަށް ފުރިހަމައަށް ކުރިއަށް ހިންގާ ކަމަށާއި، ނަމަވެސް ހަނިމާދޫ އެއާރޕޯޓަށް ބޭރުގެ ފްލައިޓްތައް ނުޖެއްސޭތީ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

"ހަނިމާދޫ އެއާރޕޯޓަށް ލަންކާ ފްލައިޓް ނުޖެއްސޭ. ބޭރުގެ ފްލައިޓްގެ ޖެއްސިގެންދާ ދުވަހަކީ މިއަތޮޅަށް ލިބޭ ކުރިއެރުމެއް" ގުފްރާން ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމަށް ކައުންސިލުން ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ގުފްރާން ވިދާޅުވީ ކައުންސިލްގެ ފަރާތުން ގެސްޓްހައުސްއަށް ހުޅުވާލުމަށް ކަނޑައެޅި ސަރަހައްދުގައި މަސައްކަތް ފެށިމަށް އެއްބަސްވުމުގައި ސޮއިކުރިފަހުން ގާނޫނަށް އައި ބަދަލަކާއި ގުޅިގެން އަލުން އެމަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.  އަދި ވިދާޅުވީ ކައުންސިލުން 6 އަހަރު ދުވަހު ކުރިމަސައްކަތް ބޭކާރުވެފައިވާ ކަމަށާއި، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެމަސައްކަތް ނުކުރެވި ލަސްވެގެންދާ ކަމަށެވެ.

ގާތްގަނޑަކަށް 2300 އާބާދީއެއް ދިރިއުޅެމުން އަންނަ ކެލާގެ ޒުވާނުންގެ ހުވަފެންތަކުގައި އަދި މިވަނީ ކުލަޖެހޭ ގޮތް ނުވެފައެވެ. ރަށުގައި ތިބެގެން ވަޒީފާއަދާ ކުރުމަށް ބޭނުންވާއިރު ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން މިއަދު މިވަނީ ހުރަސް އެޅޭ ގޮތް ވެފައެވެ. މިޒުވާނުންގެ އުންމީދަކީ ވެސް އެރަށުގެ ހެދުމަށް ހަމަޖެހިފައިވާ ރިސޯޓުގައި ހެދި އެރަށުގައި ގިނަ ވަޒީފާތަކެއް ވެސް އުފެދިގެން ދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް