16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ނެލްސަން މަންޑޭލާ

މާދަމާ އަކީ ނެލްސަން މަންޑޭލާގެ ދުވަސް

  • ނެލްސަން މަންޑޭލާ ދުވަހުގެ ހަރަކާތްތައް ހިންގަނީ މަންޑޭލާ ފައުންޑޭޝަނުން
  • މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ހަފްލާ ޝަރަފްވެރި ކޮށްދެއްވަނީ ބަރަކް އޮބާމާ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 17 ޖުލައި 2018 | އަންގާރަ 14:18 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ނެލްސަން މަންޑޭލާ ވަނީ ސައުތް އެފްރިކާގެ ނަސްލީ ތަފާތު ކުރުންތައް ނައްތާތަލެއްވުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައި -- ގޫގުލް

ސައުތް އެފްރިކާގެ ނަސްލީ ތަފާތު ކުރުންތައް ނައްތާލުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ނެލްސަން މަންޑޭލާގެ މަސައްކަތްޕުޅާއި ހިތްވަރުފުޅުގެ މަތިން އިބްރަތް ހާސިލް ކުރުމަށް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރާ "މަންޑޭލާ" ދުވަސް މާދަމާ ފާހަގަ ކުރާނެއެވެ.

އދ އިން މީގެ ނުވަ އަހަރުގެ ކުރިން މަންޑޭލާގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައި ވަނީ އެމަނިކުފާނުގެ އުފަންދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޖުލައި 18 ވަނަ ދުވަހުގައެވެ. އުމުރުގެ ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވެވި މަންޑޭލާގެ ޝަޚްސިއްޔަތު އެ ހަރަކާތުގައި ހަދާން ކުރުމުގެ އިތުރުން، ދުނިޔެއަށް ދިމާވެފައިވާ ގެދޮރު ވެރިކަމާއި، ތައްލީމާއި، އާންމުންގެ ހިންގުތެރިކަން އަދި ކެއިންބުއިމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ވަނީ ނިންމާފައެވެ.

އދ އިން "ނެލްސަން މަންޑޭލާ"ގެ ދުވަސް ކަމަށް ކަޑައެޅި ދުވަހާ ދިމާކޮށް ނެލްސަން މަންޑޭލާ ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް އެކަން ފާހަގަ ކުރުމަށް ހިންގައި ހަރަކާތް، މި އަހަރު ޝަރަފްވެރި ކޮށްދޭން ހަމަ ޖެހިފައި ވަނީ އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ބަރަކް އޮބާމާއެވެ. ގާތް ގަނޑަކަށް 9،000 އެއްހާ މީހުން ހާޒިރުވާ މި ބައްދަލުވުމުގައި ރައީސް އޮބާމާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މަންޑޭލާގެ ލެގަސީ އާކުރުމާއި ބަދަލުވަމުންދާ ދުނިޔޭގައި ހަރަކާތްތެރި ރައްވެހިކަން ކުރިއެރުވުމުގެ މައްޗަށެވެ.

ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ ތަރުޖަމާނު ލުންގާ ނެނޭ ވިދާޅުވީ އެ ހަފްލާގައި ތަގުރީރު ކުރެއްވުމަށް އޮބާމާ ހޮވުނީ ސައުތް އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް މަންޑޭލާ އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ މެހްމާނެއްގެ ގޮތުގައި ކަމަށެވެ .ނެނޭ ވިދާޅުވީ އޮބާމާއަކީ ކުރީގެ ރައީސް އަދި ސައުތް އެފްރިކާގައި ނަސްލީ އިމްތިޔާޒާއި ދެކޮޅަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލައްވާފައިވާ މަންޑޭލާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. ބަރަކް އޮބާމާ ތަގްރީރު ކުރުމަށް ހަމަޖެހިފައި ވަނީ ނެލްސަން މަންޑޭލާގެ ދުވަހާ ގުޅުވައިގެން އަންގާރަ ދުވަހު، 17 ޖުލައިގައި ބާއްވާ ޖަލްސާގައެވެ.

ނެލްސަން މަންޑޭލާ ދުވަހުގެ ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތުން ބުނީ އެ ފަރާތުން ހިންގާ ހަރަކާތްތަކުގައި ދެ މެސެޖެއް ދޭން ބޭނުންވާ ކަމަށެވެ. އެ ދެ މެސެޖަކީ "ނަސްލީ އިމްތިޔާޒާ ދެކޮޅަށް ނެލްސަން މަންޑޭލާ 67 އަހަރު ހަނގުރާމަ ކުރި، ތިބޭފުޅުން އެކަން ކުރައްވަން 67 މިނެޓްތެރޭ ފައްޓަވާ" އަދި "ތިބޭފުޅުންނަށް އެކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން ދުނިޔޭގެ އެއްބައިވަންތަކަން އިތުރުވެ ފަގީރު ކަން ނައްތާލައި، ސުލްހަ ވެރިކަން އިތުރުވެ އަދި ނަސްލީ އިމްޔާޒް އެއްވެސް ވަރަކަށް ނައްތާ ލެވިއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެން އެ ލިބިގެން ދިޔައީ ވރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

ދުނިޔޭގެ ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ދެކޭ މަންޑޭލާ އަވަހާރަވެފައި ވަނީ އުމުރުން 95 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް