21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސިވިލް ކޯޓް

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

  • ދައުލަތުގެ މައްޗަށް އަމުރެއް ނުނެރޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 22 ޖެނުއަރީ 2017 | އާދީއްތަ 22:01 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ސިވިލް ކޯޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސް އޮފް ދަ ސީސްގެ ފައިސާ ޚަރަދުނުކުރުމަށް ސިވިލް ކޯޓުން އެކުންފުންޏަށް އަންގައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް އަންގާ އަމުރު ކުރީ، ސަލްޓަންސް ކުންފުނީގައި އޮތް ދޮންކެޔޮ އެންޓަޕްރައިސަސްގެ 50 އިންސައްތަ ހިއްސާ އިކޮނޮމިކް މިނިސްޓްރީ އިން ބާތިލްކުރި މައްސަލައިގައި އެކުންފުނިން ދައުވާކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި އަމުރު ނެރުނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި އަމުރުގައި ވަނީ ދޮންކެޔޮ އެންޓަޕްރައިސަސް އިން ހުށަހެޅި މައްސަލަ ނިމެންދެން، އެކުންފުންޏަށް ނޭނގި ސަލްޓަންސް އިން ފައިސާ ޚަރުދުނުކުރުމަށާއި ބޯޑް ރިޒޮލިއުޝަންތައް ފާސްނުކުރުމަށެވެ.

ދޮންކެޔޮ އެންޓަޕްރައިސަސް އިން އިތުރު މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލައިގައި އެދިފައިވަނީ އެކުންފުންޏަށް ނޭނގި ސަލްޓަންސް އިން ފައިސާ ޚަރަދުކުރުމާއި، ބޯޑް ރިޒޮލިއުޝަންތައް ފާސްކުރުން ހުއްޓުވައިދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެ މައްސަލައިގައި މިމަހުގެ 12 ވަނަ ދުވަހު ކޯޓުން ހުކުމް ކުރީ ދައުލަތުގެ މައްޗަށް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ސަލްޓަންސް ކުންފުންޏަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެކުންފުނީގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ސާބިތުވެފައިވާއިރު، އެކުންފުނީގެ މައްސަލަތައް ޝަރުއީ އެކި މަރުހަލާތަކުގައި ހިނގަމުން އެބަދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް