16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރީތާ ބަދޫރީ މަރުވުން

ފިލްމީ ތަރި ރީތާ ބަދޫރީ މަރުވެއްޖެ

  • ރީތާ މަރުވި އިރު އުމުރަކީ 62 އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 17 ޖުލައި 2018 | އަންގާރަ 13:05 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ރީތާ ބަދޫރީ -- ޒީ ނިއުސް

ވެޓެރަން އެކްޓްރެސް ރީތާ ބަދޫރީ އުމުރުން 62 އަހަރުގައި މަރުވެއްޖެއެވެ.

ރީތާ މަރުވީ މުމްބާއީގައި ކިޑްނީގެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އޭނާގެ މަރާ ގުޅިގެން އެކްޓަރ ޝިޝިރް ޝަރްމާ ބުނެފައި ވަނީ މަރުވެ ދިޔައީ ހެޔޮލަފާ ރަނގަޅު އިންސާނެއް ކަމަށާއި އަދި ރަނގަޅު މަންމައެއް ކަމަށެވެ. އޭނާގެ މަތިން އަބަދުވެސް ހަނދާން ކުރާނެ ކަމަށް ޝަރްމާ ވަނީ ބުނެފައެވެ.

ރީތާ ބަދޫރީ ކެރިއަރ ފަށާފައި ވަނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. އޭނާ ވަނީ ޓީވީ ސީރީޒްތަކުގަ އާއި އެކި ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. ރީތާ ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި ހިންދީ ފިލްމު "ވިރްސާތު"، "ރާޖާ"، "ހީރޯ ނަންބަރު1"، "ކަބީ ހާން ކަބީ ނާ"، "ކިޔާ ކެހެނާ" އަދި "ބޭޓާ" ހިމެނެއެވެ. މީގެ އިތުރުން ގުޖުރާތީ ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ. ރީތާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ފިލްމަކީ 2003 ވަނަ އހަރު ނިކުތް ހިންދީ ފިލްމު "މޭ މަދޫރީ ޑިކްސިޓް ބަންނާ ޗާތީ ހޫން" އިންނެވެ. އޭގެ ފަހުން އޭނާ ބޮޑަށް ފެނިގެން ގޮސްފައި ވަނީ ޓީވީ ސީރީޒްތަކުންނެވެ. މަރުވި އިރު އޭނާ ދިޔައީ ސްޓާ ބާރަތުން ދައްކާ "ނިމްކީ މުކިޔާ" ގައި ހަރަކާތްތެރިވަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް