17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނަވާޒް ޝަރީފްގެ ކޮރަޕްޝަން

ނަވާޒް ޝަރީފް ހުންނަވާ ގޮޅި މުޑުދާރުވެގެން އާއިލާއިން ޝަކުވާ ހުށަހަޅައިފި

  • ނަވާޒުގެ ގޮދަޑި އޮންނަނީ ތަޅުންމަތީ: އާއިލާ
  • ނަވާޒުގެ ކޮޓަރީގައި އޭސީ ނެތްއިރު ފާޚާނާ ނުތާހިރު
އަބުދުﷲ މުހައްމަދު | 8Abbo

| 17 ޖުލައި 2018 | އަންގާރަ 11:30 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކޮރަޕްޝަނުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހު -- އެންޑީޓީވީ

ޖަލަށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހުންނަވަން ޖެހިވަޑައިގެންފައި ވަނީ އެނދެއް ނެތް, ނުތާހިރު ފާޚާނާއެއް ހުރި ގޮނޑު ޖަލެއްގައި ކަމަށް ނަވާޒްގެ ކޮއްކޯފުޅު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަހްބާޒް މިހެން ވިދާޅުވެފައި ވަނީ ރާވަލްޕިންޑީގައި ހުންނަ އަދިއަލާ ހައި ސެކިއުރިޓީ ޖަލުގެ ހާލަތާ ބެހޭ ގޮތުން ޕަންޖާބްގެ ޗީފް މިނިސްޓަރ ހަސަން އަސްކަރީ ރިޒްވީއަށް ޝަހްބާޒް ފޮނުއްވި ސިޓީފުޅެއްގައެވެ.

ޕަންޖާބުގެ ކުރީގެ ޗީފް މިނިސްޓަރ އަދި ޕާކިސްތާނު މުސްލިމް ލީގް ނަވާޒްގެ ރައީސް ޝަހްބާޒް މި ސިޓީފުޅު ފޮނުއްވާފައި ވަނީ ނަވާޒް ޝަރީފްގެ އާއިލީ ބައްދަލުވުމަށް ހޮނިހިރު ދުވަހު ވަޑައިގަތުމަށް ފަހުއެވެ.

އުމުރުން 68 އަހަރުގެ ނަވާޒް ޝަރީފާއި އުމުރުފުޅުން 44 އަހަރުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް، ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާ ނުބައްދަލު ކަމަށް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

މި މަހުގެ 6 ވަނަ ދުވަހު ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނިކޮށް ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އިނގިރޭސި ވިލާތުން އެނބުރި ވަޑައިގެންނެވިތަނުން ލާހޯރްގެ އެއަރޕޯޓަށް ޖެއްސުމާ އެކު ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިންނެވެ. އެއަށް ފަހު ދެ ބޭފުޅުން ވަނީ ޗާޓަރު ފްލައިޓެއްގައި ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައެވެ. އަދި އޭގެ ފަހުން ވަނީ އެތަނުގެ ޖަލަކަށް ބަދަލުކޮށްފައެވެ.

"އަޅުގަނޑު ޖަލަށް ކުރި ޒިޔާރަތުގައި ވަނީ މިއާން މުހައްމަދު ނަވާޒް ޝަރީފަށް ނޫހެއް ވެސް ކިޔާލަން ނުލިބޭކަމާއި އެމެނިކުފާނުގެ ގޮދަޑި އޮންނަނީ ތަޅުންމަތީގައިކަމާއި ކޮޓަރީގައި އެއަރ ކޮންޑިޝަން ނުހުންނައިރު ފާޚާނާއަކީ ވެސް އިންތިހާއަށް މުޑުދާރުވެފައިވާ ތަނެއް ކަން ފާހަގަކުރެވިފައި،" ޝަހްބާޒްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝަހްބާޒް ވަނީ އެޓެންޑެންޓަކު ނެތުމާއި ނަވާޒް ޝަރީފަކީ ހަކުރު ބައްޔާއި ހިތުގެ ބަލި ހުންނަ މީހަކަށްވާ އިރު އެކަން ކަމަށް ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުގެ ޝަކުވާ ވެސް ކުރައްވާފައެވެ.

ޕާކިސްތާނުގެ ޖަލުތަކާ ބެހޭ އިދާރާއިން ކުރިން ވަނީ ނަވާޒް ޝަރީފަށް ފޯރުވައިދީފައި ވަނީ ބީ ކްލާސް ޚިދުމަތްތައް ކަމަށް ބުނެފައެވެ. އެ ކެޓަގަރީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެޓެންޑެންޓަކު ހުރުމާއި، އެނދާއި، ޓީވީ އާއި، އެއަރކޮންޑިޝަން އަދި ނޫސް ލިބުމާއި އަމިއްލަ ޚަރަދުގައި އަމިއްލައަށް ކައްކާ ކާބޯތަކެތި ބޭނުންކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ.

ނަވާޒު ޝާރީފްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން އެއް އަހަރުގެ ހުކުމަކީ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އިއްވި ހުކުމެކެވެ.

ނަވާޒްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފަށް އިއްވީ ހަތް އަހަރުގެ ހުކުމެކެވެ. އެއީ ކުށެއް ކުރުމަށް އެހީވިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ހުކުމެކެވެ. އަދި މަރިޔަމްގެ ފިރިކަލުންްގެ މައްޗަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް