22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އާޓިފިޝަލް އިންޓެލިޖެންސް

އޭ.އައިގެ ސަބަބުން ގެއްލޭ ވަޒީފާއަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ

 • ބައެއް ދާއިރާތަކުގެ ވަޒީފާތައް އިތުރުވާއިރު އަނެއްބައި ދާއިރާތަކުގެ ވަޒީފާތައް މަދުވާނެ
 • އިގްތިސޯދު ވަރަށް ބޮޑަށް ކުރި އަރާނެ
 • މިވަގުތު ދުނިޔޭގައި ކުރިއަރާފައި ހުރި އެތައް ކުންފުންނިތަކަށް ބޮޑެތި ގެއްލުމާ ކުރިމަތި ލާންޖެހިދާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 17 ޖުލައި 2018 | އަންގާރަ 10:24 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ކުރިއަށް އޮތް އަހަރުތަކުގައި އާޓިފިޝަލް އިންޓެލިޖްންސް ވަރަށް ބޮޑުތަނުން ކުރިއަރާނެ -- ގެޓީ އިމޭޖާސް

އާޓިފިޝަލް އިންޓެލިޖްންސް (އޭ.އައި)ގެ ސަބަބުން މީހުންނަށް ގެއްލިގެންދާ ވަޒީފާތަކަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެކައުންޓިންގް ފާމް، ޕީޑަބްލިއުސީގެ ރިޕޯޓުން ބުނާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި އޭ.އައިގެ ސަބަބުން އިގިރޭސިވިލާތުގައި އެކަނިވެސް ހަތް މިލިއަން ވަޒީފާ ގެއްލިގެންދާނެ ކަމަށާއި އެހެން ނަމަވެސް 7.2 މިލިއަން ވަޒީފާ އުފެދޭނެއެވެ. އޭގެ އިތުރުން އޭ.އައިގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑުތަނުން ކުރިއަރާނެ ކަމަށާއި އާންމުންނަށް މުޅިން ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

އެ ރިޕޯޓުގައި ވާ ގޮތުގައި ބައެއް ދާއިރާތަކުގެ ވަޒީފާތައް އޭ.އައިގެ ސަބަބުން އިތުރުވާއިރު އަނެއް ބައި ދާއިރާތަކުގެ ވަޒީފާތައް މަދުވާނެއެވެ. އެގޮތުން ވަޒީފާތަށް އިތުރުވާނެ ކަމަށް ބެލެވޭ ބައެއް ދާއިރާތަކަކީ ސިއްހީ، ޓެކްނިކަލް އަދި ތައްލީމީ ދާއިރާއެވެ. ވަޒީފާތައް މަދުވާނެ ކަމަށް ބެލެވޭ ބައެއް ދާއިރާތަކަކީ މެނުފެކްޗަރިންގް، ޓްރާންސްޕޯޓް އަދި ޕަބްލިކް އެޑްމިޝަންގެ ދާއިރާއެވެ.

އޭ.އައިގެ ސަބަބުން، ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބުނު ކަމުގައި ވިނަމަވެސް އޭގެ ސަބަބުން މިވަގުތު ދުނިޔޭގައި ކުރިއަރާފައި ހުރި އެތައް ކުންފުންނިތަކަކަށް ބޮޑެތި ގެއްލުމާއި ކުރިމަތި ލާންޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ ރިޕޯޓުގައި ވަނީ ދީފައެވެ. އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ދުނިޔޭގެ މާކެޓަށް އޭ.އައި ތައާރަފްވާ ވަގުތު ކުންފުނިތަކުން އެކަށީގެންވާ މިންވަރުގެ ބަދަލެއް ނުގެނެސްފި ނަމަ ކުންފުނިތައް ބަންގްރޫޓުވުމުގެ ފުރުސަތު އޮންނާނެއެވެ.

ކުރިއޮތް ދުވަސްތަކުގައި ވަޒީފާތައް ވަރަށް ބޮޑަށް ބަދަލުވާނެ ކަމުގެ ޔަގީންކަން ރިޕޯޓުން ދޭއިރު، އެ ވަޒީފާތައް އަދާ ކުރާ މީހުންނަކީ ގިނަ އިލްމު ލިބިފައިވާ މީހުންކަމުގައި ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް