24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން:ރަޝިއާ ދިފާއުކުރުމުން ޓްރަމްޕަށް އިންތިހާ ފާޑުކިޔުން

  • ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒޫ ފޯރުވަންވީ ސަބަބެއް ނޯންނާނެ:ޓްރަމްޕް
  • ރަޝިއާއަކީ އެކުވެރިއެއް ކަމަށް ޓްރަމްޕް ދެކެވަޑައިގެން ނުވާނެ:ޕޯލް ރަޔަން
އަބުދުﷲ މުހައްމަދު | 8Abbo

| 17 ޖުލައި 2018 | އަންގާރަ 08:38 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ) ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ބީބީސީ

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާ ދިފާއުކުރެއްވުމުން އިންތިހާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންއާ އެކު ފިންލޭންޑްގައި ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީގެ ވާހަކަތަކާއި ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަންވީ ސަބަބެއް ނޯންނާނެ ކަމަށެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕޯލް ރަޔަން ވިދާޅުވީ ރަޝިއާއަކީ އެކުވެރިއެއް ކަމަށް ޓްރަމްޕް ދެކެވަޑައިގެން ނުވާނެ ކަމަށެވެ.

ހަރުކަށި ބަސްފުޅުތަކަކުން ރަޔަން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމެރިކާއިން ބަލައިގަންނަ އެންމެ އަސާސީ އޫސުލުތަކާއި ހަމަތައް ވެސް ބަލައި ނުގަންނަ ރަޝިއާ އާއި އެ ގައުމާއި ހަމަހަމަވާނެ ބުއްދީގެ ހަމައެއް ނޯންނާނެކަމަށެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ ވާހަކައަކީ ސުވާލެއް ވެސް އޮތްކަމެއް ނޫންކަމަށެވެ.

ޓްރަމްޕްގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެނޭޓްގެ މެމްބަރު ޖޯން މެކެއިން ވިދާޅުވީ "އެއީ މާޔޫސްކުރުވި ޕާފޯމަންސްއެއް" ކަމަށެވެ.

ރައީސް ޕޫޓިން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށްބުނާ ވާހަކަ ދޮގުކުރައްވާފައެވެ.

އެމެރިކާގެ ރައީސް އާއި ރަޝިއާގެ ރައީސް ވަނީ ފިންލެންޑްގެ ވެރިރަށް ހެލްސިންކީ ގައި ހޯމަ ދުވަހު ދެ ގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމަނިކުފާނު އިތުބާރު ކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އިންޓެލިޖެންސް އޭޖެންސީއަށްތޯ ނުވަތަ ރަޝިއާގެ ރައީސަށްތޯ ސުވާލުކުރައްވާފައެވެ.

"ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ރަޝިއާގެ ކަމެއް ނޫން. އަޅުގަނޑަކަށް ނުފެނޭ އެއީ ރަޝިއާކުރިކަމަކަށް ވާންޖެހޭ އެއްވެސް ސަބަބެއް" ޖަވާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްވަނީ ރަޝިއާގެ އަމަލުތައް ހުންނަ ގޮތަށްވުރެ ބޮޑަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ރަޝިއާއާއެކު އޮތް ގުޅުން ކުޑަކަން ފާހަގަ ކުރައްވާފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އާއި ދެކޮޅަށް ސައިބަރ އެޓެކް ދީ އަދި ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރަން ކުރި މަސައްކަތުގެ ފަހަތުގައި ވަނީ ރަޝިއާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ނިންމާފައެވެ.

އޭގެ ފަހުން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ އިންޓެލިޖެންސް އިދާރާގެ މުވައްޒަފުންނާ މެދު ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް